ވުމަން އޮފް ޑިސްޓިންކްޝަންގެ އެވޯޑް އެމްޑަބްލިއުއެސްސީގެ ޝާހިދާއަށް

ވުމަން އޮފް ޑިސްޓިންކްޝަންގެ އެވޯޑު، އެމްޑަބްލިއުއެސްސީގެ ޝާހިދާ އަހުމަދަށް، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، ހަވާލުކުރައްވަނީ --- ފޮޓޯ : އެޗްއާރު މޯލްޑިވްސް

ހިއުމަން ރިސޯސްގެ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކަށް ދެމުން އަންނަ "މޯލްޑިވްސް އެޗްއާރު އެވޯޑްސް"ގައި ވުމަން އޮފް ޑިސްޓިންކްޝަންގެ އެވޯޑު، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެޗްއާރު މެނޭޖަރު ޝާހިދާ އަހުމަދަށް ދީފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭގައި ބޭއްވި ރަސްމިއްޔާތުގައި އެޗްއާރުން ފާހާގަކުރެވޭ އަންހެން މުވައްޒަފުގެ އެވޯޑު ޝާހިދާއަށް ހަވާލުކުރައްވާފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އެވެ.

ރޭ އެވޯޑު ހާސިލުކުރި ޝާހިދާއަކީ ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިން، އޮސްޓްރޭލިއާގެ ބިޒްނަސް އިންސްޓިޓިއުޓުން މާސްޓާސް ހާސިލުކުރައްވާފައިވާ ފަރާތެކެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ތަމްރީނުހަައްވާފަ އެވެ.

ވުމަން އޮފް ޑިސްޓިންކްޝަން އެވޯޑަކީ އެޗްއާރުގެ ދާއިރާގައި އަންހެނުން ކުރާ މަސައްކަތްތައް ބަލައި އެ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދެމުން އަންނަ އެވޯޑެކެވެ.

ވުމަން އޮފް ޑިސްޓިންކްޝަންގެ އެވޯޑަކީ ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. އޭގެ އިތުރުން ހާއްސަ ފަރާތްތަކަށް އަމާޒުކޮށްގެން ދެވޭ ފަސް އެވޯޑެއް ހިމެނެ އެވެ. އޭގެތެރޭގައި އަހަރުގެ އެޗްއާރު ޑިރެކްޓަރާއި އަހަރުގެ މެނޭޖަރުގެ އިތުރުން އަރަމުން އަންނަ ތަރިވެސް ހިމެނެ އެވެ.

comment ކޮމެންޓް