"ޔޫ"ގެ ތިންވަނަ ސީޒަނަށް ފެހި ސިގްނަލް

ޔޫ ގެ ދެވަނަ ސީޒަނުން މަންޒަރެއް ---

ސީރިއަލް ކިލާ ޖޯ އުޅޭގޮތް ބެލުމަށް ގިނަ ޒުވާނުން ކެތްމަދުވެ ބަލާ ޝޯއެއް ކަމަށްވާ "ޔޫ" ތިންވަނަ ސީޒަނަކަށް ރިނިއުކޮށްފި އެވެ.

ނެޓްފްލިކްސްގެ އެންމެ ވަރުގަދަ އޮރިޖިނަލް ޝޯތަކުގެ ތެރޭގައި ހިމެނޭ ޔޫގެ ތިންވަނަ ސީޒަނަކަށް ފެހި ސިގްނަލް ދީފައިވާއިރު އެ ސީޒަންގައި 10 އެޕިސޯޑް ހިމެނޭނެ ކަމަށް ނެޓްފްލިކްސް އިން ވަނީ މައުލޫމާތު ދީފައެވެ.

ސީޒަން ތިނެއްގެ ފެހި ސިގްނަލް ލިބުމާއެކު އާ ސީޒަންގެ ޝޫޓިން ފަށާނެ ކަމަށް ޔޫގެ ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ. އެގޮތުން އެ ޝޯގެ އާ ސީޒަން އަންނަ އަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ.

ޝޯގެ ދެވަނަ ސީޒަންގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ޕެން ބެޖްލީ އާއި ލަވް ކުއިންގެ ރޯލުން ފެނިގެން ގޮސްފައިވާ ވިކްޓޯރިއާ ޕެޑްރެޓީވެސް އާ ސީޒަނުން ފެނިގެންދާނެ ކަމަށް ވަނީ ކަށަވަރުވެފައެވެ.

މިދިޔަ ޑިސެމްބަރު މަހު 26 ގައި ރިލީޒުކުރި ދެވަނަ ސީޒަން ވެގެން ދިޔައި ބޮޑެތި ޓްވިސްޓުތައް ހުރި ވަރުގަދަ ސީޒަނަކަށެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަން އަދި މާބޮޑަށް ވަރުގަދަ ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.

comment ކޮމެންޓް