ސްކޫލް ބަންދާ ދިމާކޮށް އެއާ އިންޑާގެ ޓްރިވެންޑްރަމް، މާލެ ޓިކެޓްގެ އަގު 43 ޕަސެންޓް ބޮޑުކޮށްފި

ސްކޫލް ބަންދާ ދިމާކޮށް އެއާ އިންޑިއާގެ މާލެ ޓްރިވެންޑްރަމް، މާލޭގެ ޓިކެޓްގެ އަގު 43 ޕަސެންޓްވަރު ބޮޑުކޮށްފި އެވެ.

ކުރިން 258 ޑޮލަރަށް ވިއްކި އެއާ އިންޑިއާގެ މާލެ ޓްރެވިންޑްރަމްގެ މާލޭގެ ދެކޮޅު ޓިކެޓަށް މިހާރު ވިއްކަނީ 368.70 ޑޮލަރު ]5685.35 ރުފިޔާ[ އަށެވެ. އަދި ކުރިން 356 ޑޮލަރަށް ވިއްކި މާލެ ބެންގަލޫރު މާލޭގެ ޓިކެޓެއް މިހާރު ވިއްކަނީ 458 ޑޮލަރު، ]7062.36 ރުފިޔާ[ އަށެވެ.

އެއާ އިންޑިއާގެ މާލޭ އޮފީހުން މިއަދު ބުނީ ޓިކެޓްގެ އަގުބޮޑު ކުރީ ފެއާއާދިމާކޮށް ކަމަށާއި އަދި ޖެނުއަރީ މަހުގެ ތެރޭގައި ޓިކެޓްގެ އަގު ހެޔޮ ކުރާނެ ކަމަށެވެ.

ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ ބަޔަކު އެއާލައިންތަކުން ޓިކެޓު ނަގަމުންދާ އިރު އެއާ އިންޑިއާގެ ޓިކެޓްގެ އަގު ބޮޑު ކުރިނަމަވެސް އެ އެއާލައިނުން ޗުއްޓީއާ ދިމާކޮށް ހުޅުވާލި ފެއާ އެއްކޮށް ވަނީ ފުލްވެފަ އެވެ.

ސްކޫލް ބަންދާ ދިމާކޮށް ބައެއް އެއާލައިންތަކުން ތަފާތު ފެއާތައް ހުޅުވާލާފައިވާ އިރު މާލެ ޓްރެވިންޑްރަމަށް ދަތުރުކުރާ މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ ޓިކެޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

މޯލްޑިވިއަނުން ހަމައެކަނި އޮޕަރޭޓްކުރާ އިންޓަނޭޝަނަލް ފްލައިޓް، މާލެ، ޓްރެވިންޑްރަމްގެ ޓިކެޓެއް ދިވެހިންނަށް ވިއްކަނީ 257.56 ޑޮލަރު، ]3،971.57 ރުފިޔާ[ އަށެވެ. އަދި ކުޑަކުއްޖަކަށް ނަގަނީ 219.97 ޑޮލަރު، ]3،391.93 ރުފިޔާ އަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު