މާފުށި ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް ނަގަން ނޯޓިސް ދީފި

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. މާފުށި ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް ނެގަން ނޯޓިސް ދީފި އެވެ.

އެމާފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާފުށީ ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް އަންގާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރަށު ކައުންސިލްގެ އިހުތިސޯސް އަކީ އެ ރަށެއްގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މާފުށީ ކައުންސިލްގެ އިހުތިސޯސްގައި އެއްވެސް ސަފާރީއެއް ބަނދަރުކޮށްފައިވާނަމަ، މިމަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ސަފާރީ އެއް އެތަނުން ނަގަން އަންގާ ކަމަށެވެ.

އެ މުއްދަތުގައި ސަފާރީތައް ނުނަގައިފިނަމަ، ސަފާރީތައް ކައުންސިލްގެ ފަރާތުން ނަގައި، އެތަކެތި ނައްތާލާނެ ކަމަށާއި ނުވަތަ ނީލަމުގައި ވިއްކާލާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

އަދި ކައުންސިލްގެ އިހުތިސޯސްގައި ހުރި ތަކެތި ހުސްކުރުމުގެ ތެރޭގައި ސަފާރީތަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާނުވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް