ބޮޑެތި ޑިސްކައުންޓްތަކާއެކު ސައިކަލް ނެގޭ ޕްރޮމޯޝަނެއް އެލިއާއިން ފަށައިފި

ބޮޑެތި ޑިސްކައުންޓްތަކާއެކު ސައިކަލްނެގޭ ޕްރޮމޯޝަނެއް އެލިއާއިން ވަނީ ފަށައިފައި--- ފޮޓޯ: ޔަމަހާއެމްވީ/ފޭސްބުކް

ބޮޑެތި ޑިސްކައުންޓްތަކަކާއެކު ސައިކަލް ނެގޭ ޕްރޮމޯޝަނެއް އެލިއާއިން ފަށައިފިއެވެ.

"ޔަމަހާ އެކްސްޕްރެސް ޕްރޮމޯޝަން" ގެ ނަމުގައި ފެށި އެ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަަމަށް އެލިއާއިން ބުންޏެވެ.

ސޯޝަލް މީޑިއާގައި، ހާއްސަކޮށް ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ސައިކަލް ގަންނަން ބޭނުންވާ ފަރާތްތަކުން ފޭސްބުކްއިން މެސެޖްކުރުމުން ސައިކަލް ގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެކަމަށް އެލިއާއިން ބުންޏެވެ.

"ފޭސްބުކް މެސެޖް ކުރީމަ އަޅުގަނޑުމެން ހުރިހާ އިންތިޒާމްތައް ހަމަޖައްސައި، ސޮއިކޮށްލަން ދާނަން ސައިކަލް ބޭނުންވާ ފަރާތްތަކުގެ ކައިރިއަށް" އެލިއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޕްރޮމޯޝަންގެ ދަށުން އެލިއާއިން ބައްލަވައިގަންނަވާ ސައިކަލްތަކުގެ ޑައުންޕޭމަންޓް 50 ޕަސެންޓް ކުޑައިރު ފުލް ކޭޝްއާއެކު ގަންނަ ނަމަ ސައިކަލްއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 3000 ރުފިޔާ އަގުހެޔޮވެއެވެ.

އެލިއާއިން ބުނީ ސައިކަލްތައް ގަންނަ ފަރާތްތަކަށް ސައިކަލް ހަވާލުކުރާނީ އެމީހެއްގެ އަމިއްލަ ނަންމަތީގައި ޕީ ބޯޑާވެސް އެކުގައި ކަމަށެވެ.

ޔަމަހާ އެކްސްޕްރެސް ޕްރޮމޯޝަން ފެށުމުގެ ގޮތުން އިއްޔެ ހުޅުމާލޭގައި އެލިއާއިން ބޭއްވި އިވެންޓްގައި ސައިކަލް ގަތް ހުރިހާ ފަރާތްތަކަށް ވަނީ ހިލޭ ހެލްމެޓްވެސް ދީފައެވެ.

އެލިއާއިން މިހާރު ވިއްކާ އެންމެ ފަހުގެ ޔަމަހާ ބްރޭންޑްގެ ސައިކަލްތަކުގެ ތެރޭގައި "ފިނޯ" އާއި "އެރޮކްސް" އާއި "ފްރީގޯ" އައި "މިއޯ" އަދި "ނިމެކްސް" އާއި "ކިއުބިކްސް" ހިމެނެ އެވެ.

comment ކޮމެންޓް