އޮސްޓްރޭލިއަން އޯޕަންސްގެ އަގު 38 މިލިއަން ޑޮލަރަށް ބޮޑުކޮށްފި

ނައޯމީ އޮސާކާ މި އަހަރުގެ އޮސްޓްރޭލިއަން އޯޕަންސްގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދުމަށް ފަހު --- ފޮޓޯ// ބީބީސީ

އޮސްޓްރޭލިއަން އޯޕަންސް ޓެނިސް މުބާރާތުގެ އަގު 14 ޕަސެންޓަށް އިތުރު ކުރުމާ އެކު މުޅި މުބާރާތަށް ހޭދަކުރާ މިންވަރު 38 މިލިއަން ޑޮލަރަށް ހަދާފައިވާ ކަމަށް އެ މުބާރާތް އިންތިޒާމު ކުރާފަރާތްތަކުން ބުނެފި އެވެ.

ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅެތި ކުޅުންތެރިން ވާދަކުރާ އޮސްޓްރޭލިއަން އޯޕަންސް ޓެނިސް މުބާރާތުގެ އަގު ބޮޑު ކުރުމާ އެކު މުބާރާތުގެ އެންމެ ފުރަތަމަ ބުރުން ކަޓައި ކުޅުންތެރިންނަށް ވެސް ވޭތުވެ ދިޔަ އަހަރާއި ބަލާއި އިރު 20 އިންސައްތައަށް ލިބޭ ފައިސާގެ އަދަދު އިތުރުވާނެ އެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހު މެލްބޯންގައި މުބާރާތް ފަށާއިރު މުބާރާތުގެ އަގު މިހާރު ވަނީ 71 މިލިއަން އޮސްޓްރޭލިއަން ޑޮލަރަށް ވަނީ އިތުރުކޮށްފަ އެވެ. އެއީ 38.1 މިލިއަން ޔޫއެސް ޑޮލަރެވެ.

އެ މުބާރާތުގެ ޑިރެކްޓަރު ކްރައިގް ޓައިލީ ބުނީ މުބާރާތުގައި ވާދަކުރާ ބައިނަލް އަގުވާމީ ކުޅުންތެރިންނަކީ އެކަމަށް ހުސްވެގެން ތިބޭ ބަޔަކަށް ވުމުން އެ ކުޅުންތެރިންނަށް އެކަމުން ރަނގަޅު މަންފާއެއް ދިނުމަކީ މުބާރާތް ބޭއްވުމުގެ ބޮޑު މަގުސަދެއް ކަމަށެވެ.

"ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެކެވިގެން މުބާރާތުގެ ރައުންޑަކަށް ފަހު ރައުންޑެއްގެ އަގު މިފަހަރު ވަނީ ބޮޑު ކުރެވިފައި. އަދި މަޝްވަރާތަކަށް ފަހު މުބާރާތުގެ އެންމެ ފުރަތަމަ ބުރުތަކުން ކަޓާ ކުޅުންތެރިންނަށް ވެސް ކުރިއާ އަޅާ ބަލާ އިރު ލިބޭ ފައިސާގެ އިނާމު އިތުރުވާނެ." ޓައިލީ ބުނެފައިވެ އެވެ.

އަންނަ އަހަރުގެ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް ގެއަށް ގެންދިއުމަށް 2.2 މިލިއަން ޑޮލަރު ލިބޭ އިރު މުބާރާތުގެ ފުރަތަމަ ބުރުގެ ކޮލިފައިން ރައުންޑުން ކަޓާ ކުޅުންތެރިއަކަށް ވެސް 10،707 ޔޫއެސް ޑޮލަރު ލިބޭނެ އެވެ. އަދި ފުރަތަމަ ބުރުން ކޮލިފައިވެ މުބާރާތުގެ މެއިން ރައުންޑަށް ދަތުރު ކުރާ ކޮންމެ ކުޅުންތެރިއަކަށް 48،183 ޔޫއެސް ޑޮލަރު ލިބޭނެ އެވެ.

comment ކޮމެންޓް