ސުނީ އިންޖަރީގައި، ހިތާނީ ސީޒަނަށް ފަޅުކަމެއް

ހިތާނީ ޝޯ އެއްގަައި ސުނީ...

ނެށުމުގައި އެފަދަ ދެވަނައެއް ނުވާ ސުނީތާ އަލީ، (ސުނީ) އޭނާގެ ފަޔަށް ލިބުނު އިންޖަރީއަކާއި އެކު، އޭނާގެ ބައެއް ހިތާނީ ޝޯތަށް ކެންސަލްކޮށްފި އެވެ.

ޓްވިޓާ މެދުވެރިކޮށް އޭނާގެ ފޭނުންނަށް ދިން ހާއްސަ މެސެޖެއްގައި ސުނީ ބުނެފައިވަނީ، ޝޯ އެއް ކެންސަލްކުރުމަކީ ވަރަށް އުނދަގޫކަމެއް ކަމަށާއި އެހެންނަމަވެސް ޑޮކްޓަރުގެ އިރުޝާދުގެ މަތީން ކުޑަ ބްރޭކެއް ނަގަން ޖެހިފައިވާ ކަމަށެވެ.

ފަޔަށް ލިބުނު އަނިޔާގެ ފޮޓޯއަކާއި އެކު ކޮށްފައިވާ މި ޓްވީޓްގައި މީގެ އިތުރަށް ސުނީ ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭ ހުށަހަޅަން ހަމަޖެހިފައިވާ ޝޯ ކެންސަލް ކުރަންޖެހުނީތީ މާފަށްވެސް އެދިފަ އެވެ.

މި ދުވަސްކޮޅަކީ އެންމެ ފޯރީގައި ހިތާނީތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ ދުވަސްވަރަށް ވާއިރު، ސުނީ އަކީ ހިތާނީ ޝޯތަކަށް އެންމެ ޑިމާންޑް ބޮޑު ފަންނާނެވެ.

ސުނީގެ ޓްވީޓަށް އޭނާގެ ފޭނުންވަނީ ގިނަ އަދަދަކަށް މެސެޖުކޮށް އަވަސް ޝިފާއަކަށް އެދިފައެވެ. މިގޮތުން އެއް ފަރާތަކުން ބުނެފައިވަބީ މުޅި ހިތާނީ ސީޒަން ފަނިވީކަމުގަ އެވެ.

ސުނީ ނެތުމުން ހިތާނީ ސީޒަނަށް ލިބޭ ފަޅުކަމުގެ ވާހަކަ ހިއްސާކުރަމުން ގިނަ ފޭނުން ބުނަމުން ދަނީ މިވަގުތަށް އަރާމުކޮށް އަވަހަށް ފަރުވާ ލިބިގަތުމަށެވެ.

ގާތްގަނޑަކަށް 24 އަހަރު އަހަރު އެއްވެސް މެދުކެނޑުމެއްނެތި މުނިފޫހިފިލުވުމުގެ ދާއިރާގައި ސުނީ ހަރަކާތްތެރިވަމުން އަންނައިރު އޭނާއަކީ އިންޑިވިޑުއަލް ނެށުންތެރިއެކެވެ. ހިތާނީ ތަކުގެ އިތުރުންވެސް އެކި ޝޯތަކާއި، ހަފްލާތަކުގައިވެސް އޭނާގެ ހުށަހެޅުންތައް ފެނިގެން ދެއެވެ.

comment ކޮމެންޓް