ކޮރެއާ ފިލްމު "ބްލައިންޑް"ގެ ހިންދީ ރީމޭކަށް ވިކްރަންތު

ވިކްރަންތު މަސޭ--

ކާމިޔާބު ކޮރެއާ ފިލްމު "ބްލައިންޑް" އަށް ބިނާކޮށް އުފައްދާ ހިންދީ ފިލްމުގެ ބަތަލަކަށް ވިކްރަންތު މަސޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަޕޯޓިން ރޯލުތަކުން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލަށް މިހާރު ބޮލީވުޑުން އަންނަނީ ރަނގަޅު ފުރުސަތުތަކެއް ލިބެމުންނެވެ.

މީގެ އަށް އަހަރު ކުރިން ރިލީޒްކުރި އެ ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ސޯނަމް ކަޕޫރެވެ. ވިކްރަންތު މި ފިލްމުން ފެނިގެން ގޮއްސިނަމަ މި ފިލްމުވެގެން ދާނީ ބަތަލާ ސޯނަމް އާ ވިކްރަންތު ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.

ވިކްރަންތު ވަނީ އަންނަ މަހު ރިލީޒްކުރާ ދީޕިލާ ޕަދުކޯންގެ ޗަޕާކްގެ ބަތަލުގެ ރޯލު ވެސް ކުޅެފަ އެވެ.

comment ކޮމެންޓް