ކަރަންޓް ކީހަކުން 13 އަހަރުގެ ކުއްޖެއްގެ އިނގިލިތައް ބުރިވެއްޖެ

ގދ. ގައްދުއަށް ޗުއްޓީ އަށް ގޮސް ހުރި ޏ. ފުވައްމުލަކު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއްގެ އިނގިލިތައް ކަރަންޓް ކީހަކުން ބުރިވެއްޖެ އެވެ.

ގައްދޫން ވާހަކަ ދެއްކި އަބުދުﷲ އިމާދު ބުނީ މިއަދު މެންދުރު 1:00 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެ ކުއްޖާގެ ކަނާތު ބޮޑުވާ އިނގިލި ފިޔަވައި އެހެން ހުރިހާ އިނގިއްޔެއް ބުރިވެފައިވާ ކަމަށެވެ.

ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް އެހިސާބު ކައިރި ރިސޯޓެއްގެ ލޯންޗެއް މެދުވެރިކޮށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަަމުން ކަމަށް އިމާދު ބުންޏެވެ.

ގައްދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށަށް ޗުއްޓީއަށް ގޮސް ހުރި ފުވައްމުލަކު ކުއްޖާގެ އިނގިލިތައް ބުރިވާން ދިމާވީ ކަރަންޓް ކީހަކުން ފިލައެއް ކަފަމުން ދިޔައިރު އެ ފިލާގައި ހިފަހައްޓައިގެން ހުއްޓައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު