ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް އީއައިއޭ އަދި ޑިޒައިން ހަދަން ބަޔަކާ ހަވާލުކޮޮށްފި

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް އީއައިއޭ އަދި ޑިޒައިން ހަދަން ބަޔަކާ ހަވާލުކޮރުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އަދި ޑީޓެއިން ޑިޒައިން ހަދަން ބަޔަކާ ހަވާލުކޮޮށްފި އެވެ.

ގއ. ގެމަނަފުށި އަދި ގދ. ރަތަފަންދޫގެ އީއައިއޭ އަދި ޑިޒައިން ހަދަން ހަވާލުކުރީ ޑިވޮލޮޕްމަންޓް ކޮލަބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއާ އެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިވެސްކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގެވެ. އަދި މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން އިންޖިނިއަރު އަބްދުﷲ ނައުޝާދެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 507،104.00 ރުފިޔާ އަށެވެ.

އެ މަސައްކަތް ހަވާލުކުރީ 18 ހަފްތާއިން ނިންމާ ގޮތަށެވެ.

comment ކޮމެންޓް