ކައިވެނި ކުރާނެ ތަނެއް ނުލިބިގެން ކޭޓީ ޕެރީގެ ކައިވެނި ފަސްކޮށްފި

ކޭޓީ ޕެރީ އާ އޭނާގެ ލޯބިވެރިޔާ ފިލްމީ ތަރި އޯލަންޑޯ ބްލޫމް--

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާ އޭނާގެ ލޯބިވެރިޔާ ފިލްމީ ތަރި އޯލަންޑޯ ބްލޫމްގެ ކައިވެނި ފަސްކޮށްފި އެވެ.

ދެތަރިން މިދިޔަ ފެބްރުއަރީ މަހު އެންގޭޖްވި އިރު ކައިވެނި ފަސްކުރީ ކައިވެނި ކުރަން ބޭނުންވާތަން މިހާރު ކައިވެނިކުރަން ރާވަފައިވާ ތާރީހަށް ނުލިބޭތީ އެވެ. އަދި ކައިވެނީގެ ތައްޔާރީތައް ގިނަވުމަކީ ވެސް ސަބަބެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ކައިވެނިކުރުމަށްފަހު، އަވަހަށް ދަރިން ހޯދާނެ ކަމަށްވެސް ކޭޓީ ވަނީ ބުނެފަ އެވެ.

ކޭޓީ އާއި އޯލަންޑޯ ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ އަނެއް އަހަރު ރުޅިވި ނަމަވެސް އަނެއްކާ ވެސް އެދެމީހުން ގުޅުނެވެ.

ކޭޓީ ކުރިން އިނދެގެން އުޅުނީ ކޮމީޑިއަން ރުސެލް ބްރޭންޑް އާ އެވެ. އަދި އޯލަންޑް ކުރިން އިނީ މިރަންޑާއާ އެވެ. އެދެމީހުންނަށް ވަނީ ދަރިއަކުވެސް ލިބިފަ އެވެ.

comment ކޮމެންޓް