ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި އިންޑިއާގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި، ދެގައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ދެގައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް ނައިބު ރައީސް ބައްދަލުކުރައްވާނެއެވެ.