މެރިޓައިމް ދާއިރާއިން އެހީ ހޯދަން ތުރުކީއާ މަޝްވަރާކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރާ ބައްދަލު ކުރެއްވުން-- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

މެރިޓައިމް ދާއިރާއާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ، ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު މެހްމެދު ޖާހިތު ތުރްހާންއާ ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ ލަންޑަންގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މެރިޓައިމް ދާއިރާއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ކަންތައްތަކާއި އެކަންކަން ކުރަން މަގުފަހިވާނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން އެހީ ހޯދުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެ މަޝްވަރާތަކަށް އަމަލީ ސިފައެއް ގެނުމަށްޓަކައި ރާއްޖެއާއި ތުރުކީއާ ދެމެދު ދަތުރުފަތުރާ ބެހޭ އެމްއޯޔޫއެއްގައި ސޮއިކުރަންވެސް ދެ ބޭފުޅުން ވަނީ ނިންމަވާފައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ އެ އެމްއޯޔޫގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މެރިޓައިމް ދާއިރާއިން މީހުން ތަމްރީނުކުރުމާއި ކޮންސަލްޓެންސީ ހޯދުމަށް ކަމަށެވެ.

comment ކޮމެންޓް