ދިރާގާއި ވިމެންއިންޓެކުން ފުވައްމުލަކުގެ އަންހެން ކުދިންނަަށް ކޯޑްކޮށްދޭން ދަސްކޮށްދޭން ހަރަކާތެއް

ދިރާގާއި ވިމެންއިންޓެކުން ފުވައްމުލަކުގެ އަންހެން ކުދިންނަަށް ކޯޑްކޮށްދޭން ދަސްކޮށްދޭން ހިންގި ހަރަކާތުގެ ތެރެއިން--- ފޮޓޯ: ވިމެންއިން ޓެކް

ދިރާގާއި ވިމެންއިންޓެކް މޯލްޑިވްސް ގުޅިގެންް ފުވައްމުލަކުގެ އަންހެން ކުދިންނަަށް ކޯޑްކޮށްދޭން ދަސްކޮށްދޭން ހަރަކާތެއް ހިންގައިފިއެވެ.

މިއީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެއްކަމަށް ވިމެން އިން ޓެކްއިން ބުންޏެވެ.

ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީގައި ހިންގުނު މި ޕްރޮގްރާމު ޖުމްލަ 16 ދަރިވަރުން ފުރިހަމަ ކުރިއެވެ. މި ޕްރޮގްރާމްގެ ބައިވެރިވީ 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިން އަށް މުޅިން އާ ކުދިންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފެށި އެ ޕްރޮގްރާމް ނިންމައި މިދިޔަ ހުކުރު ދުވަހު ވަނީ ބައިވެރިންނަށް ސެޓްފިކެޓްވެސް ހާވަލުކޮށްފައެވެ.

އަދި ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓަތަކުގެ ތެރެއިން އެންމެ މޮޅު 3 ވެބްސައިޓް ފާހަގަކޮށް، ދަރިވަރުންނަށް ހިތްވަރުދީ އިނާމާއި ސެކްޓްފިކެޓްވެސް ދިންކަމަށްވެސް ވިމެން އިން ޓެކްއިން ބުންޏެވެ.

ދިރާގާއި ވިމެންއިންޓެކުން ފުވައްމުލަކުގެ އަންހެން ކުދިންނަަށް ކޯޑްކޮށްދޭން ދަސްކޮށްދޭން ހިންގި ހަރަކާތުގެ ތެރެއިން--- ފޮޓޯ: ވިމެންއިން ޓެކް

އެ ފްރޮގްރާމްގައި ކުރިއަށްގެންދިޔަ ބައެއް ހަރަކާތްތައް

  • އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދިނުން
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފެށިގެން ނިމުމާއި ހަމައަށް ކުރަންޖެހޭ އެކި އެކި ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކުރުން
  • ވެބް ސައިޓް ތައްޔާރުކުރުމަށް އެހީތެރިވުމަށް މިޑް ރިވިއު ވޯކްޝޮޕެއް ކުރިއަށް ގެންދިޔުން

އެ ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު، ސީރީސްގެ އެހެން ޕްރޮގްރާމްތައް ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައިވެސް ހިންގުމަށް ގަސްދުކުރާކަމަށްވެސް ދިރާގާއި ވިމެންއިން ޓެކްއިން ބުންޏެވެ.

comment ކޮމެންޓް