ފޯރިގަދަ މިއުޒިކް ފެސްޓިވަލަކާއެކު އުރީދޫ ކަލާރަންގެ ހަރަކާތްތައް ނިންމާލައިފި

"އުރީދޫ މިއުކިޒް ފެސްޓިވަލް 2019" މި ފެސްޓިވަލްގައި ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުން ވަނީ ބައިވެރިވެފައި-- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އުރީދޫ ކަލާރަންގެ ހަރަކާތްތައް ފޯރިގަދަ މިއުޒިކް ފެސްޓިވަލަކާއެކު ނިންމާލައިފި އެވެ.

ރޭ 8:30 - 12:30 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އެ މިއުޒިކް ފެސްޓިވަލުގައި ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.

"އުރީދޫ މިއުކިޒް ފެސްޓިވަލް 2019" މި ފެސްޓިވަލްގައި ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުން ވަނީ ބައިވެރިވެފައި-- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޓިކެޓް ނެގުމަކާ ނުލައި އާންމުންކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ ފެސްޓިވަލަށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ވަދެފަ އެވެ.

ފެސްޓިވަލްގައި ބައިވެރިވި ފަންނާނުން

  • ސްކައި ރޮކް
  • ގްރެވިޓީ
  • 2 ސެންސް
  • އީކުއޭޓިކް ވައިބް
  • ސިމްބޮލިކް ރިކޯޑްސް
  • ޒަކިއްޓެ ލައިވް
  • ލެވިޓޭޝަން ބައި ހަބޭސް
  • ހަބޭސް ބޮޑުބެރު ގްރޫޕް

"އުރީދޫ މިއުކިޒް ފެސްޓިވަލް 2019" މި ފެސްޓިވަލްގައި ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުން ވަނީ ބައިވެރިވެފައި-- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މީގެ އިތުރުން ދިވެހި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓްރެފިކް ޖޭމް ބޭންޑުގެ ލަވަކިޔުންތެރިޔާ، ކަޔާނޯގެ ހާއްސަ ފެނިލުމެއް ވެސް އެ ފެސްޓިވަލުގައި ވަނީ ފެނިގެން ގޮސްފަ އެވެ.

މިއުޒިކް ފެސްޓިވަލް ކުރިއަށްދިޔައިރު، ސެންޓްރަލް ޕާކު ސަރަހައްދުގައި ލުއިކާނާ އަދި ބުއިންތައް ވިއްކާ ފުޑް ސްޓޯލްތަކެއް ވެސް ހުއްޓެވެ. އޭގެ ތެރޭގައި ކޮކާކޯލާ، ރާކަނި ބީޗް އަދި ބާސެލޯސް ހިމެނެ އެވެ.

ރޭ ބޭއްވި މިއުޒިކް ފެސްޓިވަލަކާއެކު ކަލާރަންގެ ހަރަކާތްތައް ނިންމާލިއިރު، ކަލާރަންގެ ދުވުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު އެވެ. އަދި ހުކުރު ދުވަހު މޫދު އުފާއާއި ގުޑި މަހާސަމާގެ ނަމުގައި ވެސް ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް