ގެއްލިގެން ހޯދަމުން ދިޔަ މީހާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު ސައީދު: އޭނާ މޫދުގައި މަރުވެފައި އޮއްވާ ވަނީ ފެނިފައި ----

ގދ. މަޑެވެލީގައި މަސް ހިފަން ފަރުމައްޗަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ އުމުރުން 72 އަހަރުގެ މީހާ މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އިއްޔެ މެންދުރު ފަރުމައްޗަށް މަސް ހިފަން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދިޔައީ، އެރަށު ގަމަރީ ގޭގައި ދިރިއުޅެމުން ދިޔަ ދަފުތަރު ނަންބަރު 3476، މުހައްމަދު ސައީދު އެވެ.

އޭނާ އަކީ އާންމުކޮށް ވެސް މަސް ހިފަން ފަރުމައްޗަށް ދާ މީހެއް ކަމަށްވެ އެވެ. އޭނާ ފެނިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ދެކުނު ފަރާތު މޫދުން، މަސް ހިފަން ދިޔަ ސަރަހައްދުންނެވެ.

މޫދުން ނަގައިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރޭ ފަތިސް ނަމާދަށް ފަހު އޭނާ ވަނީ ވަޅުލައިފަ އެވެ.

comment ކޮމެންޓް