މި މަހު ބާއްވާ އުރީދޫ ކަލަރ ރަންގެ ޚާއްސަ ހަރަކާތެއްގެ ގޮތުގައި މިއުޒިކް ފެސްޓިވަލެއް ބާއްވަން އުރީދޫއިން ހަމަޖައްސައިފިއެވެ.
ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުން ބައިވެރިވާ އެ މިއުޒިކް ފެސްޓިވަލް އޮންނާނީ މި މަހު 30 ވަނަ ދުވަހުގެ ރޭ 8:30 - 12:30 އާ ހަމައަށެވެ.
ފެސްޓިވަލްގައި ބައިވެރިވާ ބޭންޑްތައް
- ސްކައި ރޮކް
- ގްރެވިޓީ
- 2 ސެންސް
- އީކުއޭޓިކް ވައިބް
- ސިމްބޮލިކް ރިކޯޑްސް
- ޒަކިއްޓެ ލައިވް
- ލެވިޓޭޝަން ބައި ހަބޭސް
- ހަބޭސް ބޮޑުބެރު ގްރޫޕް
އުރީދޫއިން ބުނީ މިއުޒިކް ފެސްޓިވަލަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެސްޓިވަލެއް ކަމަށާއި ޓިކެޓަކާ ނުލައިވެސް ފެސްޓިވަލަށް ވަދެވޭނެ ކަމަށެވެ.
އުރީދޫ ކަލަރ ރަންއާއި ވިދިގެން މިއުޒިކް ފެސްޓިވަލެއްގެ އިތުރުން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
އެ ހަރަކާތްތައް ފެށިގެންދާނީ މި މަހުގެ 29 ވާ ހުކުރު ދުވަހުގެ ހެނދުނު 8:00 - 10:00 އަށް ބާއްވާ "އުރީދޫ މޫދު އުފާ" އިންނެވެ.
އެ ދުވަހުގެ ހަވީރު 4:00 - 6:00 އަށް "އުރީދޫ ގުޑި މަހާސަމާ" ބާއްވާއިރު، ކަލަރ ރަން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:30 އިން ހަވީރު 6:00 އާ ހަމައަށެވެ.