ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން އެޑްމިޓްކޮށްފައި ތިބި ބަލިމީހުންގެ އެހީތެރިން ހިތްހަމަނުޖެހުން ފާޅުކޮށްފި

14:30


ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން އެޑްމިޓްކޮށްފައި ތިބި ބަލިމީހުންގެ އެހީތެރިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.


ހިތަދޫ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 30 މިނިޓަށް ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށާއި އެހެން ނަމަވެސް ކަރަންޓް ކަނޑައިގެން ދިޔައީ ކީއްވެގެން ކަމެއް ނެނގޭ ކަމަށެވެ. ނަމަވެސް އެގޮތަށް އިރުއިރުކޮޅުން ފަހަކަށް އައިސް ކަރަންޓް ކެނޑުން އާއްމުވެފައިވާ ކަމަށް ވެސް ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން އެވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އެހީތެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ހިތަދޫ މީހަކު މިއަދު ބުނީ ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން އެޑްމިޓް ކޮށްފައި ތިބި މީހުންނަށް ލިބެންޖެހޭ ބައެއް ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. 

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު