ށ. ފޯކައިދޫއާއި ހދ. ފިނޭގައި އާ އިންޖީނުގެއެއް އަޅަން ފެނަކަ ކޯޕަރޭޝަންއިން ދެ ފަރާތަކާ ހަވާލުކޮށްފި އެވެ.
ށ. ފޯކައިދޫގައި އިންޖީނުގެ އަޅަން ހަވާލުކުރީ ވަލީދު ކޮންސްޓްރަކްޝަންއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 5.66 މިލިއަން ރުފިޔާ އަށެވެ. އިއްޔެ އެކަމާ ގުޅޭ އެއްބަސްވުމުގައި ވަލީދު ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ ވަލީދު އަބްދލް ގާދިރު އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު އެވެ.
އެއްބަސްވުމުގެ ދަށުން އަންނަ އަހަރު އޭޕްރީލް މަހު 19 ވަނަ ދުވަހަށް އެ އިންޖީނުގެ ނިންމަން ޖެހެ އެވެ.
ފިނޭގައި އިންޖީނުގެ އަޅަން ހަވާލުކުރީ އެލް އެފް ކޮންސްޓްރަކްޝަންއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 5.23 މިލިއަން ރުފިޔާ އަށެވެ. އިއްޔެ އެކަމާ ގުޅޭ އެއްބަސްވުމުގައި އެލްއެފް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު ފިރާގެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު އެވެ.
ފިނޭގެ އެއްބަސްވުމުގެ ދަށުން އަންނަ އަހަރު މާޗް މަހު 19 ވަނަ ދުވަހަށް އެ އިންޖީނުގެ ނިންމަން ޖެހެ އެވެ.