މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓް ދޭން ފަށައިފި

ކަރަންޓް މަސައްކަތެއް ކުރަނީ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.

ކަރަންޓް ކެނޑުނީ، މިއަދު މެންދުރުފަހު 3:10 އެހާކަންހާއިރު އެވެ. ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑެން މެދުވެރި ސީދާ ސަބަބެއް އަދި ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް، ޓެކްނީޝަނުން މަސައްކަތްކޮށް މިހާރު މަޑުމަޑުން ކަރަންޓް ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަރަންޓް ދިޔުމުގެ ސަބަބުން ދިރާގުގެ ބައެއް ހިދުމަތްތަކަށް ވެސް ބުރޫ އެރި ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މޯބައިލް އިންޓަނެޓުގެ ހިދުމަތަށް ބުރޫއެރި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު