ހިލޭ ރައުޓަރާއެކު ދިރާގުން ބްރޯޑްބޭންޑު ޕްރޮމޯޝަނެއް

ދިރާގުން، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބާ ކަނެކްޝަން ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަރުވެސް ލިބޭނެ އެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުންޏެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކުވެސްމެ އެވެ. މިހާރު ރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް މި ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

comment ކޮމެންޓް