ރީތި ފޮޓޯއާ އެއްވަރަށް ގްރެނޯލާވެސް އަނގަޔަށް މީރު

ގްރެނޯލާ -- ފޮޓޯ/ މިލްކް އެންޑް ޔޯކް

ދުޅަހެޔޮކޮށް ބައްޓަން ރީތިކޮށްް އަދި ބަރުދަން ލުއިކޮށް ބެހެއްޓުމަށްޓަކައި އަހަރެމެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އެވެ. ދުނިޔޭގެ ތަފާތު އެކި ހިސާބުތަކުން އެކި ނަންތަކުގެ ޑައެޓްތައް ބަލައި އަމިއްލައަށް ތަޖުރިބާ ކުރާއިރު، މިކަމުގައި އޮތް އެންމެ އެދެވޭ ގޮތަކީ ދެމެހެއްޓެނިވި ގޮތަކަށް އަދި ދާއިމީ ގޮތެއްގައި ދުޅަހެޔޮކޮށް ހަށިގަނޑު ބެހެއްޓޭނެ ފަދަ ގޮތަކަށް އަހަރެމެންގެ އާދަތައް ބަދަލުކުރުމެވެ. މިގޮތުން ކުދިކުދި ބަދަލުތައް ދިރިއުޅުމަށްގެނެސް، ސިއްހަތަށް ފައިދާހުރި ތަކެއްޗަށް އަހަރެމެންގެ ސުފުރާމަތިން ދައުވަތު ދޭންޖެހެ އެވެ.

ފަހަކަށް އައިސް މިފަދަައިން އަހަރެމެންގެ ތެރޭގައި މަޝްހޫރުވި އެކައްޗަކީ 'ގްރެނޯލާ' އެވެ. ދިވެހިންގެ މެދުގައި ގްރެނޯލާއަށް ޑިމާންޑް އޮތް މިންވަރަކީ މިފަހަކަށް އައިސް، އަމިއްލައަށް ގްރެނޯލާ ހަދައިގެން ވިއްކާ ވިޔަފާރިތަކެއްވެސް ތައާރަފްވެ ކުރިއަރަމުން އައުމެވެ.

ގްރެނޯލާ އަކީ ކޮބާ؟

ގްރެނޯލާ އަކީ ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ގްރެނޯލާ ތައްޔާރުކުރެވެނީ ރޯލްޑް އޯޓްސްއާއި އެކިވައްތަރުތަކުގެ ނަޓްސްއާއި، މާމުއި، ބްރައުން ޝުގާ، ފަދަ ބާވަތްތައް އެއްކޮށް އަވަނުގައި ފިހެގެނެވެ.

ބައެއް ފަހަރު ގްރެނޯލާ ތައްޔާރުކުރާއިރު، ހިކި މޭބިސްކަދުރާއި، ޑްރައިޑް މޭވާތަކާއި، ކަދުރުވެސް ބޭނުންކުރެއެވެ. އަދި ފްލްކްސް ސީޑްސް ވެސް ކާއެއްޗެހި ހަޖަމު ކުރުމަށް ފަސޭހައެއްގެ ގޮތުގައި ބޭނުންކުރެއެވެ.

ރާޢްޖޭގައި މިފަހަކަށް އައިސް ގްރެނޯލާ ހެދުމަށް އެންމެ މަޝްހޫރު އޮންލައިން ޕޭޖަކީ މިލްކް އެންޑް ޔޯކް އެވެ. ގޭގައި އަމިއްލައަށް ތައްޔާރުކުރާ އެކި ފްލޭވާސް ތަކުގެ ގްރެނޯލާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭއިރު މި ޕޭޖުން ތައްޔާރުކުރާ ހުރިހާ ރެސިޕީތަކަކީވެސް އަމިއްލައަށް އެއްޗެހި ހޮވައިގެން ތައްޔާރުކޮށް، ރަހަބަލާ، ޓެސްޓުކޮށްފައިވާ ރެސިޕީތަކެކެވެ.

ގްރެނޯލާ އިން ލިބޭ ސިއްހީ ފައިދާ

ގްރެނޯލާއަކީ ހިކެން ބޭނުންކުރާ އެއްޗެއްތޯ ނޫނީ ސިއްޚަތަށް ފައިދާހުރި އެއްޗެއްތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރެއެވެ. ހެލްތްލައިން.ކޮމް އިން ބުނާގޮތުން، ގްރެނޯލާއެއްގެ ސިއްޚީ ފައިދާތައް ބިނާވާނީ އެމީހަކު އެ ކާ ގްރެނޯލާއަކަށް އަޅާފައި ހުންނަ މާޢްދާތަކުންނެވެ. ތައްޔާރީ ހަކުރުގެ ބާވަތްތަކާއި އިތުރު ޢެޑިޓިވްސް ބޭނުންނުކޮށް މޭވާ، ނަޓްސް އަދި ފްލްކްސް ސީޑްސް ބޭނުންކޮށްގެން ތައްޔާރު ކުރާ ގްރެނޯލާއެއްގައި ގިނަ އަދަދަކަށް މައިްކރޯ ނިއުޓްރިއެންޓްސްއާއި ފައިބާ ހިމެނޭނެއެވެ. ހަމައެޔާއެކު، ވަކި ބާވަތްތަކެއް ހިމަނައިގެން ތައްޔާރުކުރާ ގްރެނޯލާއެއްގައި ކެލޮރީގެ އަދަދު އިތުރުވެފައި ހަކުރާއި އެހެނިހެން މާއްދާވެސް ހުރުން އެކަށީގެންވެއެވެ. އެހެންކަމުން އެމީހެއްގެ ބޭނުމަށް އެކަށޭނަހެން އެ ގްރެނޯލާއެއް ތައްޔާރުކުރުން މުހިންމެވެ.

ގްރެނޯލާގައި ބޭނުންކުރާ ބައެއް ބާވަތްތަކުން ލިބޭ ސިއްޚީ ފައިދާތަކަށް ބަލާއިރު، އޯޓްސް، ފްލެކްސް ސީޑްސް ފަދަ ބާވަތްތަކުން ލޭގެ ޕްރެޝަރު ރަނގަޅު މިންވަރެއްގައި ހިފަހައްޓައެވެ. އަދި ހޯލް ގްރެއިންސް، ހިކި މޭވާ އަދި އޮށްތަކުން ލޭގައި ހަކުރު ހުންނަ މިންވަރުވެސް ހިފަހައްޓާދެއެވެ. އަދި ގްރެނޯލާގައި ޗިއާ ސީޑްސް ބްރެޒިލް ނަޓްސް އަދި ކާށީގެ ބާވަތްތައް ހިމަނާނަމަ އެއީ ހަށިގަނޑަށް އެންޓި އޮކްސިޑަންޓްސްވެސް ލިިބޭނޭ ތަކެއްޗެވެ.

ބޭނުން ކުރަން ފަސޭހަ، ގެންދަން ފަސޭހަ

ގްރެނޯލާ އެންމަ ހާޢްސައީ ހައިކިން ފަދަ ހަރަކާތްތަކުގައި އުޅޭ، އަދި ގިނަގިނައިން ދަތުރުކޮށް އުޅެން ޖެހޭ މީހުންނަށެވެ. ސަބަބަކީ ގްރެނޯލާއިން ހަށިގަނޑަށް ލިބެންޖެހޭ ކެލަރީސް ލިބިފައި، ފަސޭހައިން ޕެކްކޮށް ދަބަހަށް ލައިގެން ގެންގުޅެވޭތީއެވެ.

އަހަރެމެންގެ ބިޒީ ދިރިއުޅުމުގައިވެސް ހެނދުނުގެ ނާސްތާއަސް ނުވަތަ ނުވަގަޑީގެ ސަޔަށް ގްރެނޯލާއަކީ ރަނގަޅު އެއްޗަކަށްވާނެއެވެ. އޮފީހަށް ދަމުން ކުޑަ ކޮންޓެއިނާއެއްގައި ޕެކްކޮށްލައިގެން ގެންގުޅެވޭނެ އެވެ. އަދި ބޭކާރު ވަސްތަކެއް ވެސް މިއިން ނުދުވާނެ އެވެ.

ގްރެނޯލާ ކާންވީ ކިހިނެއް؟

މުޅީން އަލަށް ގްރެނޯލާއެއްގެ ރަހަ ބަލާލަން ބޭނުންވެފައި ތިބި ފަރާތްތަކަށް މިއީ ފަހަރެއްގައި އެންމެ މުހިންމު ސުވާލެވެ. އެހެންނަމަވެސް މިކަމުގައި ވަކި ގޯސް ގޮތެއް ނެތެވެ. އެހެނިހެން ބްރޭކްފާސްޓް ސީރިއަލްގޮތަށް ކިރާއި އެކީގައިވެސް މިއީ ހަމަ އެހާމެ ރަހަމީރު އެއްޗެކެވެ. އަދި މައިކްރޯވޭވް އެއްގައި ކިރު އެޅުމަށްފަހު ގްރެނޯލާ ހޫނުކޮށްލައިގެންވެސް ކެވޭނެއެވެ. މީގެއިތުރަށް ކޮންމެ ވައްތަރެއްގެ ޔޯގަޓް ނުވަތަ އައިސްކްރީމް އަކާއި އެކުގައިވެސް ގްރެނޯލާ ކެވިދާނެއެވެ. ހަމައެހެންމެ އެމީހަކަށް ެވެ. އެންމެ ކަމުދާ ސްމޫތީއަކާއި އެކުގައިވެސް ގްރެނޯލާއެއްގެ ރަހަ ބަލާލުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މި ހުރިހާ އެއްޗަކާއި އެކު ގްރެނޯލާ ބޭނުންކުރާއިރުވެސް ޓޮޕިން އަކަށް ތާޒާމޭވާ ކޮށާފައި ކެވިދާނެއެވެ.

މީގެއިތުރަށް، އާފަލާއި އެކުވެސް ގްރެނޯލާ، ބަޓަރު އަދި ފޮނިތޮށި ޕައުޑަރު ކޮޅެއް ސްޕްރިންކަލް ކޮށްލުމަށްފަހުވެސް ކެވިދާނެއެވެ. އަދި އެކި ވައްތަރުތަކުގެ ސެލެޑް ތައްޔާރުކުރާއިރު، މުރަނަކަމެއް ގެނައުމަށް ގްރެނޯލާ ބޭނުންކުރެވޭއިރު، ސްނެކެއް ގޮތުގައި ގްރެނޯލާ އެކަނިވެސް ކެވޭނެ އެވެ.

މިލްކް އެންޑް ޔޯކް ޕޭޖް އިން ބުނާގޮތުން އެ ޕޭޖުން ތައްޔާރުކުރާ ހުރިހާ ގްރެނޯލާއެއްވެސްު އެލްމަންޑް މިލްކް ފަދަ ނަޓް މިލްކް އަކާއި އެކު ނުވަތަ އާދައިގެ ކިރާއި އެކު ނުވަތަ، ޔޯގަޓްއާއި އެކުވެސް ބޭނުންކުރެވިދާނެއެވެ.

އަދި ޕައި ހަދާއިރު ބޭސް އެއްގެ ގޮތުގައި ނުވަތަ، ކުކީސް ހެދުމަށްވެސް ގްރެނޯލާ ބޭނުންކުރެވިދާނެއެވެ.

ހުރިހާކަމެއް ބަރޯސާވަނީ އެމީހަކު އިހުތިޔާރު ކުރާ ގްރެނޯލާއަކަށް

ކޮންމެއަކަސް، ކޮންމެ އެއްޗަކީވެސް ގޯސް ގޮތުގައި ބޭނުންކޮށްފިނަމަ އެއިން މާބޮޑު ފައިދާއެއް ލިބޭނޭ ކަމެއް ނޫނެވެ. ފިހާރަތަކުގައިވެސް ގްރެނޯލާ ބާ ވިއްކަން ހުންނައިރު، ގަތުމުގެ ކުރިން ލޭބަލް ޗެކްކުރުން ވަރަށް މުހިންމެވެ. އެމީހަކު ގްރެނޯލާ ކަނީ ވަކި ބޭނުމެއްގައި ކަމުގައިވާނަމަ އެ ބޭނުމަކަށް އެކަށީގެންވާ ވައްތަރުގެ ގްރެނޯލާއަކަށް އެވުން ވަރަށް މުހިންމެވެ.

ގްރެނޯލާއަށް އަޅާ އެކިބާވަތްތައް އެކީގައި މޮޑެވިފައި ހުރުމަށް އާންމުގޮތެއްގައި އެކި ވައްތަރުތަކުގެ ހަކުރު ބޭނުންކުރެވެއެވެ. އަދި ބައެއްފަހަރު ތެޔޮގެ ބާވަތްތައްވެސް ބޭނުންކުރެވެއެވެ.

މިލްކް އެންޑް ޔޯކް ޕޭޖްއިން ލިބޭ ބައެއްވަތަރުތަކުގެ ގްރެނޯލާގެ ތެރޭގައި، ޑާކް ޗޮކްލެޓް ގްރެނޯލާ، ޕީނަޓް ބަޓާ ގްރެނޯލާ، ހަނީ ރޯސްޓެޑް އެލްމަންޑް ގްރެނޯލާ ހިމެނެއެވެ. އަދި މި ޕޭޖުން އެމީހަކު ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ގްރެނޯލާވެސް ހަދައެވެ.

ކުރުގޮތަކަށް ބުނާނަމަ ގްރެނޯލާއަކީ ކޮންމެ ވަގުތަކަށްވެސް ގުޅޭ އަދި ކިތަންމެ ގޮތަކަށް ބޭނުންކުރެވޭ މީރު އެއްޗެކެވެ. އަނެއްކާ ގްރެނޯލާގެ މީރު ރަހައާއި އެއްވަރަށް ފޮޓޯވެސް އެހާމެ ފުރިހަމައެއް ނޫން ހެއްޔެވެ.

comment ކޮމެންޓް