ލޭޒަރުން ސަރުބީ ނައްތާލާ ޓްރީޓްމަންޓް ރާއްޖެއަށް ތައާރަފުކޮށްފި

"ސްކަލްޕް ޝުއާ" ފަރުވާ ރާއްޖެއަށް ތައާރަފު ކުރުން

ހަށިގަނޑުގައި ހުންނަ ބޭކާރު ސަރުބީތައް ލޭޒަރު ބޭނުންކޮށްގެން ނައްތާލާ ޓްރީޓްމަންޓް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ރާއްޖޭގެ ބިއުޓީ އިންޑަސްޓްރީގައި އެންމެ މަތީގައި ހިމެނޭ ނަދާ ސެލޮން އެންޑް އެސްތެޓިކް ސްޓޫޑިއޯއިން އިއްޔެ ރާއްޖެއަށް ތައާރަފުކުރި "ވޯމް ސްކަލްޕްޓިންގް" ޓްރީޓްމަންޓަކީ އެމެރިކާގެ ސައިނޯޝުއާ ކުންފުނީގެ ޚިދުމަތެކެވެ. ސައިނޯޝުއާއަކީ އިސްތަށި ނައްތާލުމާއި ހަމުގެ ފަރުވާއާއި ބޮޑީ ކޮންޓުއާރިން ފަދަ ހިދުމަތްތަކަށް ހާއްސަކޮށްގެން ޓްރީޓްމަންޓްތަކާއި ޓްރީޓްމަންޓް ޑިވައިސް ތަރައްގީކޮށް އުފައްދާ ކުންފުންޏެކެވެ.

ސައިނޯޝުއާ ކުންފުނީގެ އުފެއްދުމެއް ކަމުގައިވާ "ސްކަލްޕްޝުއާ"އަކީ ލޭޒަރު ބޭނުންކޮށްގެން ބޮޑީ ކޮންޓުއަރިންގެ ހިދުމަތް ދޭ ޑިވައިސްއެކެވެ.

ސްކަލްޕްޝުއާ ބޭނުންކޮށްގެން ސަރުބީ ނައްތާލާ ޓްރީޓްމަންޓް "ވޯމް ސްކަލްޕްޓިންގް" ތައާރަފުކުރުމަށް އިއްޔެ ނަދާ ސެލޮން އެންޑް އެސްތެޓިކް ސްޓޫޑިއޯގެ ފަރާތުން ހޮޓެލް ޖެންގައި ވަނީ ހާއްސަ ލޯންޗް ޕާޓީއެއް ބާއްވާފައެވެ. އެ ހަރަކާތުގައި، އެ ޓްރީޓްމަންޓުގެ ޑެމޮންސްޓްރޭޝަނެއްވެސް ވަނީ ދައްކާލާފައެވެ.

ނަދާ ސެލޮން އެންޑް އެސްތެޓިކް ސްޓޫޑިއޯއިން ބުނާ ގޮތުގައި، މި ޓްރީޓްމަންޓުގެ އެހީގައި ބަނޑާއި ބުރަކައްޓާއި ފަލަމަސްގަނޑު އަދި ދަތްދޮޅީގައި ހުންނަ ބޭކާރު ސަރުބީ އަންދާލެވޭނެއެވެ.

"ސްކަލްޕް ޝުއާ" ފަރުވާ ރާއްޖެއަށް ތައާރަފު ކުރުން

މި ފަަރުވާއަށް ހޭދަވަނީ 25 މިނެޓެވެ. މިއީ ސައިޑް އެފެކްޓްސްއެއް ނެތް، ރައްކާތެރި ފަރުވާއެއް ކަމަށް ނަދާ ސެލޮންއިން ބުނެއެވެ. އަދި މިއީ އެމެރިކާގެ އެފްޑީއޭ ހުއްދަ ކުރާ މިފަދަ ހަމައެކަނި ފަރުވާ ކަމަށްވެސް އެ ސެލޮންއިން ބުނެއެވެ.

ގުދުރަތީ ގޮތްތަކެއް ބޭނުންކޮށްގެން ލޭޒަރުގެ އެހީގައި ހަށިގަނޑުގެ ތެރެއަށް ހޫނު ފޮނުވާލައިގެންދޭ މި ފަރުވާ ދޭ ސްކަލްޕްޝުއާ މެޝިނަކީ ހުރިހާ ބާވަތެއްގެ ހަމާވެސް ގުޅޭ ފަރުވާއެއްދޭ މެޝިނެކެވެ.

މި ފަރުވާއާއެކު ސަރުބީ ނައްތާލާ ސަރަހައްދުގައި އަލުން ސަރުބީ އުފެދުމުގެ ފުރުސަތެއް ނޯންނާނެއެވެ. ހަށިގަނޑުގެ ވަކި ސަރަހައްދަކުން ސަރުބީ ނައްތާލަން ބޭނުންނަމަ ހަމައެކަނި އެ ސަރަހައްދަށްވެސް މި ފަރުވާ ދޭނެއެވެ.

މި ފަރުވާ ފެށުމުގެ ކުރިން ހިދުމަތްދޭން ތިބޭ ނަރުހުންނާ މަޝްވަރާ ކުރެވޭނެ ކަމަށް ނަދާ ސެލޮންއިން ބުނެއެވެ.

"ސްކަލްޕް ޝުއާ" ފަރުވާ ރާއްޖެއަށް ތައާރަފު ކުރުން

ވޯމް ސްކަލްޕްޓިންގްގެ އިތުރުން ނަދާ ސެލޮންއިން ވަނީ އިސްތަށި ނައްތާލުމާއި ހަމުގެ ފަރުވާއަށް ސައިނޯޝުއާގެ އެލީޓް ޕްލަސް ލޭޒަރު ބޭނުންކޮށްގެން ދޭ ފަރުވާގެ އިތުރުން، ޖަރުމަނުގެ ޒިމަރ މެޑިޒިން ސިސްޓަމް ކުންފުނީގެ ކްރަޔޯތެރަޕީ ހިދުމަތްވެސް ތައާރަފުކޮށްފައެވެ.

އިއްޔެގެ ހަފްލާގައި ނަދާ ސެލޮންގެ ސީއީއޯ ފާތިމަތު ނަދާ ވަނީ، ނަދާ ކްލިނިކް އެންޑް ޑާމަޓޮލޮޖީ ސެންޓަރުގެ އިފްތިތާހުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އިއުލާނުކުރައްވާފައެވެ.

ނަދާ ސެލޮން އެންޑް އެސްތެޓިކް ސްޓޫޑިއޯއިން ވަނީ މިދިޔަ 13 އަހަރު ތެރޭގައި ރާއްޖޭގެ ބިއުޓީ އިންޑަސްޓްރީއަށް އީޖާދީ އަދި ޒަމާނީ އެތައް ހިދުމަތެއް ތައާރަފުކޮށްފައެވެ.

comment ކޮމެންޓް