އެންޖެލީނާގެ އެއްވެސް ދަރިއެއް ފިލްމު ކުޅެން ބޭނުމެއް ނޫން

"މެލެފިސެންޓް 2"ގެ ޕްރިމިއާގައި އެންޖެލީނާ ޖޯލީ އޭނާގެ ދަރިންނާއެކު --- ފޮޓޯ : ޕީޕަލް މެގަޒިން

މަޝްހޫރު އެކްޓްރެސް އެންޖެލީނާ ޖޯލީގެ އެއްވެސް ދަރިއަކު ފިލްމު އިންޑަސްޓްރީއަށް ނިކުމެ ފިލްމު ކުޅެން ބޭނުން ނުވާ ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 44 އަހަރުގެ އެންޖެލީނާގެ ހަ ދަރިން ތިބެއެވެ. އެއީ 18 އަހަރުގެ މެޑޮކްސް އާއި 15 އަހަރުގެ ޕެކްސް އާއި 11 އަހަރުގެ ނޮކްސްއެވެ. އެންޖެލީނާގެ ދެން ތިބެނީ 14 އަހަރުގެ ޒަހާރާ އާއި 13 އަހަރުގެ ޝައިލޯ އަދި 11 އަހަރުގެ ވިވިއޭން އެވެ.

ޕީޕަލް މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އެންޖެލީނާ ބުނީ އޭނާގެ އެއްވެސް ދަރިއަކު ފިލްމު ކުޅެން ބޭނުން ނުވާ ކަމަށެވެ.

އެންޖެލީނާ ބުނީ އޭނާގެ ދަރިން ބޭނުންވަނީ ވިޔަފާރި އާއި ހިއުމެނިޓޭރިއަން އެފެއާސް ފަދަ ދާއިރާއިން ކުރިއަށް ދާން ކަމަށެވެ.

"އަހަރެން މަސައްކަތް ކުރިން އެކުދިންނަށް ފުރުސަތު ހޯދައިދިނުމަށް. އެކަމު އެކަކުވެސް ބޭނުމެއް ނުވޭ. އެއްވެސް ކުއްޖެއް ނެތް ފިލްމު ކުޅެން ޝައުގެއް،" އެންޖެލީނާ ބުންޏެވެ.

އެންޖެލީނާގެ އެންމެ ފަހުގެ ފިލްމު "މެލެފިސެންޓް 2" ވަނީ ދާދި ފަހުން ސިނަމާތަކުގައި އަޅުވަން ފަށާފައެވެ. އެ ފިލްމުގެ ރޯލަކުން އެންޖެލީނާގެ ދަރި ވިވިއެން ފެނިގެން ދެއެވެ.

ވިވިއެން އެ ރޯލު ކުޅެފައިވަނީ އެންޖެލީނާ އެކަމަށް އެދުމުން ކަމަށް އެންޖެލީނާ ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވިވިއެން ފިލްމެއް ކުޅެން ބޭނުން ނުވާ ކަމަށް އެންޖެލީނާ ބުންޏެވެ.

comment ކޮމެންޓް