މީހެއްގެ އަތުން ފޭރެން އުޅެ ނާކާމިޔާބު ވުމުން ދުވެ ފިލައިފި

ހާދިސާ ހިނގި ސަރަހައްދު: ފޭރެން އުޅުނު މީޙުން ފިލީ ސައިކަލުތައް ބަހައްޓާފައި ކަމަށްވޭ --

މާލޭގައި ހަތަރު މީހުންގެ ގްރޫޕަކުން، ވަޅިއަކުން ބިރުދައްކައިގެން މީހެއްގެ އަތުން ފައިސާތަކެއް ފޭރެން މަސައްކަތްކޮށްފި އެވެ.

މަންޒަރު ދުއް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ފޭރެން މަސައްކަތް ކުރި މީހުން، އުޅުނީ ޒުވާނެއްގެ މޫނަށް މޫވް ސްޕްރޭ ޖަހައި، ވަޅިން ބިރުދައްކައިގެން އޭނާގެ އަތުން ފައިސާ ނެގުމަށެވެ.

ފޭރުމުގެ ހާދިސާގައި އަނިޔާވި ޒުވާނާ (ކ): އޭނާގެ އަތަށް ވަނީ ޒަހަމްވެފައި ---

އެކަމަކު، ޒުވާނާގެ އަތުން ފައިސާ ނަގަން އުޅެ އެކަން ކާމިޔާބު ނުވުމުން، އެ މީހުން ސައިކަލުތައް ބަހައްޓާފައި ދުވެ ފިލީއެވެ. އެ ހަތަރު މީހުން ފަހާ އާންމުންގެ ބަޔަކު ދުވި ކަމަށްވެ އެވެ.

އެކަމުގެ ތެރޭގައި ޒުވާނާގެ އަތަށް ވަޅިން ވަނީ އަނިޔާވެފައެވެ. ހަމަލާދިން މީހުން ފިލީ ވަޅިވެސް ބާއްވާފައެވެ. އަދި ޒުވާނާގެ މޫނަށް ޖެހި ސްޕްރޭ ފުޅިވެސް އެތަނުގައި ވެއްޓިފައި އޮތެވެ.

ފޭރެން ބޭނުން ކުރި ކަމަށް ބުނާ ވަޅި --

ފުލުހުން ބުނީ، އެ މައްސަލަ މިއަދު 12 ޖަހާއެހާކަންހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަަރަކާތްތެރިވަމުންދާ ކަމަށެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް