އައްޑޫ ސިޓީއަށް ވައިގެ މަގުން ޑްރަގު އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، އުމުރުން 20 އަހަރުގެ މީހަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރު ކުރީ އައްޑޫ ސިޓީ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބުދަ ދުވަހު 1:00 އެހާކަންހާއިރުއެވެ.
އޭނާގެ އަތުން ފެނުނު ޖޫސްޕެޓީ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް މަރަދޫފޭދޫ ކޯޓުން މިހާރު ވަނީ 10 ދުވަސް ޖަހައިފައެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.