ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރުފުރުން ރައީސްއާއެކު

ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު --- ފޮޓޯ : ރައީސް އޮފީސް

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާތާ 25 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭގައި ހޮޓެލް ޖެންގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހުގެ އިތުރުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހުވެސް ވަނީ އެ ހަފްލާގައި ބައިވެރިވެލައްވާފައެވެ. އަދި ފިލްމު އިންޑަސްޓްރީގެ ގިނަ ފަންނާނުންވެސް ވަނީ ރޭގެ ހަފްލާގައި ބައިވެރިވެފައެވެ.

ކުރިއަށް އޮތްތަނުގައި ނިއުމާ ފިލްމުތަކުން ފެނިގެން ނުދިޔަ ނަމަވެސް ފިލްމުތައް އުފެއްދުމުގައި އޭނާ ހަރަކާތްތެރިވާނެއެވެ. އެގޮތުން ރޭގެ ހަފްލާގައި ނިއުމާގެ ޕްރޮޑަކްޝަނުން ތައްޔާރުކުރާ ތިން އުފެއްދުމެއް ވަނީ ދައްކާލާފައެވެ.

އެގޮތުން އޭނާގެ އަމިއްލަ ޓޯކްޝޯއަކާއި މުޅިން އާ ދެ ފިލްމެއް ރޭގެ ހަފްލާގައި ވަނީ އިއުލާނުކޮށްފައެވެ. ނިއުމާ ޕްރޮޑިއުސްކުރާ ދެ ފިލްމަކީ "ގޯނާ" އާއި "ކަޅަކި"އެވެ.

ފިލްމު އިންޑަސްޓްރީގައި ކޮށްފައިވާ ތަޖުރިބާއާއި ހުރި ދަތިތަކުގެ ވާހަކަ، ނިއުމާ ވަނީ ރޭގެ ހަފްލާގައި ހިއްސާކޮށްފައެވެ.

comment ކޮމެންޓް