އުރީދޫއިން އައިފޯން 11 އަދި 11 ޕްރޯ ޕްރީއޯޑަރ ކުރަން ހުޅުވާލައިފި

އުރީދޫއިން އައިފޯނު 11 އަދި 11 ޕްރޯ ޕްރީއޯޑަރަށް ވަނީ ހުޅުވާލާފައި --

އުރީދޫއިން އެޕަލް އައިފޯން 11، އަދި 11 ޕްރޯ މެކްސް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ މޫލީ މެދުވެރިކޮށް އެންމެ ފަހުން ނެރުނު އައިފޯންގެ މޮޑެލްތަކަށް ޕްރީއޯޑަރ ކުރަން ހުޅުވާލި ފުރުސަތާއެކު އެއްފަހަރާ ފައިސާ ދައްކައިގެން އަދި އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް އައިފޯން ގަނެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން އައިފޯން 11 ގެ 128 ޖީބީ އަދި 256 ޖީބީގެ މޮޑެލް ގަތުމަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 2،999 ރުފިޔާ އެވެ. އަދި މަހު ފީ ދައްކަން ޖެހެނީ 1200 ރުފިޔާއާއި 1400 ރުފިޔާއާ ދެމެދުގެ އަގެކެވެ.

އައިފޯން 11 ޕްރޯގެ 256 ޖީބީ މޮޑެލް އަދި އައިފޯން 11 ޕްރޯ މެކްސްގެ 64، 256 އަދި 512 ޖީބީ މޮޑެލްތަކުގެ ޑައުންޕޭމަންޓަށް ކަނޑައަޅާފައިވަނީ 4،999 ރުފިޔާ އެވެ. އަދި މަހު ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް ހުރީ 1700 ރުފިޔާއާއި 2400 ރުފިޔާއާ ދެމެދުގައި އެވެ.

އުރީދޫއިން ބުނީ އެންމެ ފަހުގެ އައިފޯންތައް ޕްރީއޯޑަރގެ ދަށުން ވިއްކަން ހަމަޖެހިފައިވަނީ ވަކި އަދަދަކަށް ކަމަށްވުމާއެކު އިސްކަންދޭނީ ކުރިން ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

comment ކޮމެންޓް