ތުރުކީއަށް ދަތިކުުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ސެނެޓަށް ބިލެއް ހުށަހަޅަނީ

އެމެރިކާގެ ރައީސް ޓްރަމްޕް ތުރުކީގެ ރައީސް އުރުދުއާންއާއެކު---

ތުރުކީން ސީރިއާގެ އުތުރުގައި ދިރިއުޅޭ ކުރުދީންއާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތައްޔާރުވާން ފަށައިފި އެވެ.

ތުރުކީން ސީރިއާގެ އެތެރެއަށް ވަދެ ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ އެ ސަރަހައްދުގައި ސޭފް ޒޯނެއް ހަދައި އައިއެސްއާއި ކުުރުދީ ހަނގުރާމަވެރިން އެތަނުން ބޭރުކުރުމުގެ ނިޔަތުގައި ކަމަށް ބުނެއެވެ. އެ ހަމަލާތަކުގައި ތުރުކީގެ އެތައް ހާސް ސިފައިންނެއް ދަނީ ބައިވެރިވަމުންނެވެ.

ރިޕަބްލިކަން ޕާޓީގެ މެމްބަރު ލިޒް ޗޭނީ އިސްވެ ހުންނަވައިގެން ހުށަހަޅަން ނިންމާފައިވާ އެ ބިލަށް ރިޕަބްލިކަންގެ 29 މެމްބަރުން ތާއިދުކުރާކަން ވަނީ ހާމަކޮށްފަ އެވެ.

ތުރުކީގެ ރައީސް ތައްޔިބް އުރުދުއާންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ލިޒް ވިދާޅުވީ ތުރުކީގެ އަމަލަުތަކަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

"އެތަކެއް ހާސް ކުރުދީންއެއް ވަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަކޮށްފައި. އެމީހުންނަކީ އެމެރިކާގެ ބައިވެރިން. އެ މީހުން މަސައްކަތް ކުރީ އެމެރިކގެ މަސްލަހަތަށް. ތުރުކީއަކީ އެމެރިކާގެ ހަގީގީ ބައިވެރިއަކަށް ވަންޏާ އެކަން އަމަލުން ފެންނަންވާނެ،" ލިޒް ވިދާޅުވި އެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވިދާޅުވީ ތުރުކީން ކުރުދީންއާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފިނަމަ ތުރުކީގެ އިގްތިސާދު ފުނޑުފުނޑުކޮށްލާނެ ކަމަށެވެ.

comment ކޮމެންޓް