އެންމެ ފަހުގެ އައި ފޯނު ޕްރީއޯޑާކުރުމަށް ދިރާގުން ހުޅުވާލައިފި

މަޝްހޫރު އެޕަލް ކުންފުނިން އެންމެ ފަހުން ނެރިފައިވާ އައިފޯން 11 އަދި އައިފޯން 11 ޕްރޯގެ ޕްރީ އޯޑަރު ކުރުމަށް ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ ޕްރީ އޯޑާގެ ދަށުން ކޮންމެ މީހަކަށް ވެސް އޯޑަރު ކުރެވޭނީ އެންމެ ފޯނެއް ކަަމަށެވެ. އަދި އެ ފޯންތަކުގެ ހުރީ ލިމިޓެޑް ސްޓޮކެއް ކަމަށާއި އަދި އިސްކަންދޭނީ އެންމެ ފުރަތަމަ އެދޭ ކަސްޓަމަރުންނަށް ފޯން ދިނުމަށް ކަމަށް ވެސް ދިރާގުން ބުންޏެވެ.

އައިފޯން 11ގެ ފޯނުތަކުގައި 64 އަދި 128 ޖީބީ ހިމެނޭއިރު އައި ފޯން 11 ޕްރޯ އަދި މެކްސްގައި 64،128 އަދި 512 ޖީބީ ހިމަނާފައިވެ އެވެ.

ދިރާގުން ބުނީ އެ ފޯންތައް އިންސްޓޯލްމަންޓަށް ވެސް ނެގޭނެ ކަމަށެވެ. އެގޮތުން އިންސްޓޯލްމަންޓަށް ނަގާއިރު 2999 އާއި 3999ގެ އަގުތަކެއް އެޑްވާންސްގެ ގޮތުގައި ދައްކަން ޖެހެ އެވެ.

އިންސްޓޯލްމަންޓަށް ނެގުމުން ހަ މަސް ދުވަސް ވަންދެން ފަސް ޖީބީ ޑޭޓާވެސް ލިބެ އެވެ.

އައި ފޯންތައް ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑާ ކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

comment ކޮމެންޓް