"ލިޓްލް މާމެއިޑް"އަށް ޑެވީޑް ކާސްޓުކޮށްފި

ޑެވީޑް ޑިގްސް ކާސްޓުކޮށްފައިވަނީ ސިބޭސްޓިއަންގެ ރޯލަށް --- ފޮޓޯ : ވެރައިޓީ

ޑިޒްނީގެ މަޝްހޫރު "ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމަށް "ހެމިލްޓަން"ގެ ތަރި ޑެވީޑް ޑިގްސް ކާސްޓުކޮށްފިއެވެ.

ޑިޒްނީން ޑޭވިޑް ކާސްޓުކޮށްފައިވަނީ "ސިބޭސްޓިއަން"ގެ ރޯލަށެވެ. ސިބޭސްޓިއަން އަކީ ލިޓްލް މާމެއިޑްގައި ފެނިގެންދާ ރަތް ކަކުންޏެވެ. ސިބޭސްޓިއަންއަށް އަޑު އަޅާނީ ޑެވީޑް އެވެ. ސިބޭސްޓިއަންއަކީ ލިޓްލް މާމެއިޑްގެ ކެރެކްޓާ އޭރިއަލް އާއެކު އުޅޭ ކެރެކްޓަރެކެވެ.

ލިޓްލް މާމެއިޑްގެ ގިނަ ރޯލުތަކަށް މިހާރު ވަނީ އެކްޓަރުން ކާސްޓުކޮށްފައެވެ. އެގޮތުން ލީޑް ކެރެކްޓަރު އޭރިއަލްގެ ރޯލުން ފެނިގެންދާނީ ހެއްލީ ބެއިލީއެވެ. ހެއްލީ އެ ރޯލަށް ހަމަޖެއްސުމާ ގުޅިގެން ފޭނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެއީ އޭރިއަލްއަކީ ދޮން ނަސްލު ކެރެކްޓަރަކަށް ވެފައި ހެއްލީއަކީ ކަޅު ނަސްލުގެ ފަންނާނަކަށް ވުމުންނެވެ.

ބައެއް ފޭނުން ވަނީ އެއީ ޑިޒްނީގެ އޮރިޖިނަލްގެ ވާހަކައާ ނުގުޅޭ ކާސްޓެއް ކަމަށް ބުނެ މައްސަލަ ޖައްސާފައެވެ.

އެ ފިލްމުގެ ވިލަންގެ ކެރެކްޓަރު ކަމަށްވާ އާރސަލާގެ ރޯލުން ފެނިގެންދާނީ މެލިސާ މެކާތުނީ އެވެ. އަދި ރަސްގެފާނު ޓްރައިޓަންގެ ރޯލުން ފެނިގެންދާނީ ހާވިއާ ބާޑެމް އެވެ. ފިލްމުގެ ފިރިހެން ލީޑު ކަމަށްވާ ޕްރިންސް އެރިކްގެ ރޯލަށް ފަންނާނެއް އަދި ހަމަޖައްސާފައެއް ނުވެއެވެ.

comment ކޮމެންޓް