އެލައިޑުގެ މޮޓޯ އަދި ހޯމް ކެމްޕެއިނާއެކު ކަސްޓަމަރުންނާ ގާތަށް

އެލައިޑް އިން ބޭއްވި ޕްރެސް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެލައިޑް އިންޝުއަރަންސާއި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް ގުޅިގެން "މޮޓޯ އެންޑް ހޯމް ކެމްޕެއިން"ގެ ނަމުގައި ކެމްޕެއިނެއް އިފްތިތާހުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކެމްޕެއިން އިފްތިތާހުކޮށްދެއްވީ އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝާބިގް އެވެ.

މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އަދި ހޯމް ކޮންޓެންޓް ތަކާފުލް ޕްރޮމޯޓުކުރުމަށްޓަކައި އެއް މަހަށް ކުރިޔަށްގެންދާ މިކެމްޕެއިންގެ ތެރެއިން ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ. އެގޮތުން މާލެ ސިޓީގެ އެކި ސަރަހައްދުގައި އައުޓްޑޯ ސްޓޭޝަންސް ގާއިމްކުރުމާއި، ޑޯޓުޑޯ ކުރިޔަށްގެންދިޔުމުގެ އިތުރުން އެލައިޑާއި އެކުންފުނީގެ ޕޭރެންޓް ކުންފުނި އެސްޓީއޯ އަދި އެހެނިހެން ސަބްސިޑަރީ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

އެލައިޑް އިން ބުނީ މިކެމްޕެއިންގެ މޮޓޯ ޕްލޭންސް ނަގާ ކަސްޓަމަރުންނަށް ފިއުލް ކޫޕަން އާއި ކެމްޕެއިން މުއްދަތުގައި އެލައިޑް އެޕް ޑައުންލޯޑުކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ނަސީބު ގުރުއަތުން ހޮވޭ ތިން ތިން ލައްކަ ރުފިޔާގެ އަގުހުރި ހޯމް ކޮންޓެންޓް ވައުޗަރެއް ދޭނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރު ޝާބިގް ވިދާޅުވީ މިކެމްޕެއިން އަކީ ކުންފުނީގެ މޮޓޯ އަދި ހޯމް ޕްލޭންސްގެ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ ފަސޭހައިން ޕޮލިސީ ނެގުމާއި މައުލޫމާތު ސާފުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުގެ މަގުސަދުގައި ކުރިޔަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.

މިކެމްޕެއިންގެ ތެރޭގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޑޯ ޓު ޑޯ އާއި ބެހޭގޮތުން ޝާބިގް ވިދާޅުވީ، މިހަރަކާތުގައި ބައިވެރިވާ އެލައިޑްގެ ހުރިހާ ޓީމް މެމްބަރުންވެސް ތިބޭނީ އެލައިޑު ޓީޝާޓުގައި ސްޓާފް އައިޑީ އަޅައިގެން ކަމަށެވެ. އަދި މައުލޫމާތު ހޯއްދެވުމުގައި މިކަމަށް ސަމާލުކަން ދެއްވުމަށް ޝާބިގް އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން ޝާބިގް ވަނީ އެލައިޑުގެ މިފަދަ ކެމްޕެއިންތަކަށް ކަސްޓަމަރުން ދެއްވާ ތަރުހީބަށް ޝުކުރު ދަންނަވާފައެވެ.

comment ކޮމެންޓް