އެމްޓީސީސީއިން މާލެ އަތޮޅުގެ ފަޅެއް ސެންޓާރާއަށް ހިއްކައި ދެނީ

ތައިލެންޑްގެ ހޮސްޕިޓާލިޓީ ކުންފުނި، ސެންޓާރާ އިން ރިސޯޓު ހެދުމަށް މާލެ އަތޮޅުން ކުއްޔަށް ނަގާފައިވާ ފަޅެއް ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަސައްކަތުގެ އެއްބަސްވުމުގައި މިމަހުގެ އަށްވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހު އެވެ. ސެންޓާރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ތިރާޔުތް ޗިރަތިވަތް އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ތައިލެންޑުގެ ބެންކޮކްގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގަ އެވެ.

މި އެއްބަސްވުމުގެ ދަށުން މާލެ އަތޮޅުގެ ފަޅަކުން 21 ހެކްޓަރުގެ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބްރޭކް ވޯޓާ ގާއިމް ކުރުމުގެ މަސައްކަތް ކުރާނެ އެވެ. މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް