ސަރުކާރުގެ އޮފީސްތަކުން ކަރަންޓް އިސްރާފު ކުރުން ހުއްޓުވައިލުމުގެ ޕްރޮގްރާމެއް މާދަމާ ފަށަނީ

ކަރަންޓް ބޭނުން ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ކުރާ އިސްރާފު ނައްތާލުމަށް ފިޔަވަޅުތައް އަޅަން ސަރުކާރުން ނިންމައިފި އެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވީ ކަރަންޓުގެ އިސްރާފު ނައްތާލުމުގެ ޕްރޮގްރާމް މާދަމާ އިފްތިތާހު ކޮށް މިނިވަން މުއައްސަސާތައް ވެސް މި ޕްރޮގްރާމުގައި ބައިވެރިކުރެއްވުމަށެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އޮފީސްތަކުގައި ކަރަންޓް ބޭނުންކުރެވޭ ގޮތް ބަލައި މެނޭޖްކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ. މިގޮތުން ހައުސިން މިނިސްޓްރީގައި ކަރަންޓު ބޭނުން ކުރާ ގޮތްތައް ބަލައި، މެނޭޖްކުރުމަށް އެ މިނިސްޓްރީން ކުރި ދިރާސާއެއް، މިއަދު ވަނީ މިނިސްޓަރު މުހައްމަދު އަސްލަމް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކަރަންޓްގެ ހަރަދުގެ 24 ޕަސެންޓް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު