ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ސީރިއަސް ހާލަތުގައި

ލ. ގަމުގައި ދެ އަހަރުގެ ކުއްޖާ ވެއްޓުނު މަސްފެންގަނޑު: އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވަން އަންނަނީ މަސައްކަތް ކުރަމުން -- ފޮޓޯ/ ޕޮލިސް

ލ. ގަމުގައި ކުޑަކުއްޖަކު ގޭތެރޭގައި ހުރި މަސް ފެންގަނޑަކަށް ވެއްޓި އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 3:30 އެހާކަން ހާއިރު ގަމުގެ ގެއެއްގައި ހުރި މަސް ފެންގަނޑަކަށް އެ ގޭގައި ދިރިއުޅޭ އުމުރުން ދެ އަހަރުގެ ކުއްޖަކު ވެއްޓި، ސީރިއަސް ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އަދި ފެންގަނޑުން ނަގައިގެން އެ ކުއްޖާއަށް ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަލީ ނަޝީދު "ސަން" އަށް މިރޭ ވިދާޅުވީ އެ ކުޑަކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އަދި މިރޭ 11:00 އެހާކަންހާއިރު އިތުރު ފަރުވާއަށް ފްލައިޓުގައި މާލެ ފޮނުވަން މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް އަލީ ވިދާޅުވި އެވެ.

comment ކޮމެންޓް