ބިޒްނަސް އެވޯޑްސް 2019 ލޯންޗުކޮށް، ކުރިމަތިލާން ހުޅުވާލައިފި

ބިޒްނަސް އެވޯޑްސް 2018: ބިޒްނަސް އޮފް ދަ އިޔާ: އެލައިޑް އިންޝުއަރެންސް -- ސަން ފޮޓޯ: މުހައްމަދު މުޒައިން

ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބްލޭޒަން އިންކުންދޭ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން ރަސްމީކޮށް ލޯންޗުކޮށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ބިޒްނަސް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މިއީ އެވޯޑްދޭ ދެވަނަ އަހަރެވެ.

ބްލޭޒަން އިންކުން ބުނީ އެ ކުންފުނިން މިދިޔަ އަހަރު އަލަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު އެވޯޑަށް ކުރިމަތިލީ ކަމަށާއި، މިދިޔަ އަހަރަށް ވުރެ ބޮޑު ތަރުހީބެއް މިއަހަރުގެ އެވޯޑަށް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ. މިދިޔަ އަހަރުގެ އެވޯޑަށް 185 ފަރާތުން ކުރިމަތިލި އެވެ.

އެވޯޑުގެ އަހަރުގެ ސްޓާޓް އަޕް ބިޒްނަސް ކެޓަގަރީ ފިޔަވައި އެހެން ކެޓަގަރީތަކަށް ވާދަކުރެވޭނީ ވިޔަފާރީގައި ހަރަކާތްތެރިވާތާ ދެ އަހަރުވެފައިވާ ކުންފުނިތަކަށެވެ. ޖުމްލަ ފަސް ކެޓަގަރީއަކުން ބިޒްނަސް އެވޯޑްސް ދޭނެ އެވެ. އެއީ އިންޑަސްޓްރީ އެކްސެލެންސް، އެންޓްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލީޓް އެވޯޑްސްގެ އިތުރުން ޕީޕަލްސް ޗޮއިސް އެވޯޑްސް ކެޓަރީ އެވެ.

އެވޯޑަށް އޮންލައިންކޮށް އެޕްލައި ކުރެވޭނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު މިދިޔަ އަހަރު ލިބިލެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމަށެވެ.

ބްލޭޒަން އަކީ މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެކެވެ.

comment ކޮމެންޓް