ގުއާމް މެޗު ސައި ހޮޓަލެއްގައި އިނދެގެން ބެލި ދަގަނޑޭ ދެން މެޗެއްގައި ކުޅޭނެ!

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށް ނުނަގާ ބެހެއްޓުމަށްފަހު ރާއްޖޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އަނެއްކާވެސް ގައުމީ ޓީމަށް ނަގައިފި އެވެ.

ދޮޅު އަހަރެއްހާ ދުވަސް ވަންދެން ގައުމީ ޓީމުން ބޭރު ކޮށްފައި ހުރި ދަގަނޑޫ އަލުން ޓީމުގައި ހިމަނާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ސްކޮޑަށެވެ. އެ މެޗަށް ގައުމީ ޓީމު މިރޭ ހޮޓެލް ޖެންގައި ކޭމްޕްކުރިއިރު ދަގަނޑޭ ވަނީ ޓީމާ ގުޅިފައިކަން "ސަން" އަށް ވަނީ ޔަގީންވެފަ އެވެ.

ވޭތުވެ ދިޔަ އަހަރުގެ އޭޝިއަން ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރު ނުވުމުން އޭރުގެ ގައުމީ ޓީމު ކެޕްޓަންގެ މަގާމުގައި ހުރި ދަގަނޑޭ ވަނީ އެ މަގާމުން ދުރުކޮށް ޓީމުން ވެސް ބޭރު ކޮށްލައިފަ އެވެ. އޭރު ގައުމީ ޓީމުގެ ކޯޗު ބުނީ ދަގަނޑޭ ޓީމުން ބޭރު ކުރީ އަދަބު ދިނުމުގެ ބޭނުގައި ނޫން ކަމަށާއި އެ ކުޅުންތެރިޔަކު ޒިންމާދާރު ކުރުވުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް އޭގެ ފަހުން މިހާރު މި ވަނީ 15 މަސް ދުވަހެއް ވުރެން ގިނަ ދުވަސްވެފަ އެވެ. ދަގަނޑޭ އަންނަނީ އުމުރުން 34 އަހަރުގައި ވެސް އަމިއްލަ ލީގެއް ފަދައިން ދިރާގު ދިވެހި ޕްރިމިއާ ލީގު ފަތަހަ ކުރަމުންނެވެ.

އަޝްފާގް އެންމެ ފަހުން ގައުމީ ޓީމާއެކު މެޗެއް ކުޅެފައި ވަނީ، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި 2017 ވަނަ އަހަރު މާޗް މަހު ފަލަސްތީން އާ ދެކޮޅަށް ފަލަސްތީންގައި ކުޅުނު މެޗުގަ އެވެ.

comment ކޮމެންޓް