އިރާންގެ ޓޭންކަރުގެ ކެޕްޓަނަށް އެމެރިކާއިން 15 މިލިއަން ޑޮލަރުގެ ރިޝްވަތު ހުށަހެޅި

އިރާނުގެ ތެޔޮ ޓޭންކަރު--- ފޮޓޯ: ރޮއިޓާސް

ޖިބްރާލްޓާ ކަނޑުގެ ސަރަަހައްދުން މީގެ ކުރިން ހިފަހެއްޓި އީރާނުގެ ތެޔޮ ޓޭންކަރުގެ ކެޕްޓަނަށް އެމެރިކާއިން 15 މިލިއަން ޑޮލަރުގެ ރިޝަވަތު ހުށަހެލީ ކަމަށް އެމެރިކާއިން އެއްބަސްވެއްޖެ އެވެ.

ތެޔޮ ޓޭންކަރު ހިފެހެއްޓިނަމަވެސް ޖިބްރޯލްޓާގެ ކޯޓުން ވަނީ އެ ޓޭންކަރު ދޫކޮށްލައިފައެވެ. އޭގެ ފަހުން އެ ޓޭންކަރު ވަނީ މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދަށް ދަތުރުކޮށްފައެވެ. އެ ޓޭންކަރުގެ މިސްރާބު ހުރީ ކޮން ދިމާއަކަށް ކަަމެއް އީރާންއިން ހާމައެއް ނުކުރެއެވެ. އަދި ޓޭންކަރުގެ ނަން ބަދަލުކޮށް އޭގައި ތެޔޮތައް މިހާރު ވިއްކާލައިފައިވާ ކަަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

ޓޭންކަރު ޖިބްރޯލްޓާގެ ކޯޓުން ދޫކޮށްލިފަހުން އެމެރިކާއިން ވަނީ އެ ޓޭންކަރު އަތުލުމަށް އަމުރެއްވެސް ނެރެފައެވެ. ނަމަވެސް އެ ޓޭންކަރު އޮތީ އެމެރިކާގެ ބާރު ހިނގާ ސަރަހައްދެއްގައެއް ނޫނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެ ޓޭންކަރު އެމެރިކާއިން ބޭނުންވާ ސަރަހައްދަކަށް ގެންގޮސް ހިފެހެއްޓުމުގެ ގޮތުން ޓޭންކަރުގެ ކެޕްޓަނަަށް ރިޝްވަތު ހުށަހެޅި ކަމަށެވެ.

އެމެރިކާއިން ބުނާގޮތުގައި ޓޭންކަރުގައި ހުރި ތެލުގެ ފައިދާ ލިބެނީ އީރާނުގެ ސިފައިންގެ ލަޝްކަރެއް ކަަމަށްވާ އިރާނިއަން ރިވޮލިއުޝަނަރީ ގާޑުންނަަށް ކަމަށެވެ. އެމެރިކާއިން ވަނީ އެ ލަޝްކަރަކކީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވެސް މިއަހަރު ކަނޑައަޅައިފަ އެވެ.

އިރާންގެ ތޮޔޮ ޓޭންކަރު ޖިބްރޯލްޓާގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓީ އެ ޓޭންކަރުން ސީރިއާއަށް ތެޔޮ ފޯރުކޮށްދޭ ކަމަށް ބުނެއެވެ. ސީރިއާއަށް ތެޔޮ ފޯރުކޮށްދިނުން ޔޫރަޕިއަން ޔޫނިއަންއިން ވަނީ މަނާކޮށްފައެވެ.

އެ ޓޭންކަރު ހިފެހެއްޓި މައްސަލައިގައި އީރާންއިން އިނގިޜޭސިވިލަތުގެ ތެޔޮ ޓޭންކަރެއްވެެސް ހިފަހެއްޓި އެވެ. -- ބީބީސީ

comment ކޮމެންޓް