ބޭކާރު ފޮލޯވަރުން ތިބީތަ؟ ފޭކް އެކައުންޓަކަށް ވެދާނެ!

އިންސްޓަގްރާމް އަކީ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ފޮޓޯ ޝެއަރިން ސޯޝަލް މީޑިއާ --- ފޮޓޯ : ސޯޝަަލް ބްރޭކަރ

ޓެކްނޮލޮޖީން ހުރިހާ އެންމެން އެކަކު އަނެކާ ގުޅިފައިވާ ޒަމާނެއްގައި ސޯޝަލް މީޑިއާގެ ރޯލް ވަރަށް ބޮޑެވެ. ތައުލީމީ ހުނަރުތަކަށްވުރެ، ފޮލޮވާސްތައް އިތުރުވުމުން ތިމާގެ ބަލައިގަތުން އިތުރުވާ މަންޒަރު އެބަ ފެނެ އެވެ. މިކަން އެންމެ ބޮޑަށް އެނގޭ އެކައްޗަކީ އިންސްޓަގްރާމެވެ. ފޮލޮވާސް ގިނަ ބަޔަކީ ނުފޫޒު ގަދަ ބަޔަކަށް ވަނީ ވެފަ އެވެ. ނަމަވެސް އެ ނަމްބަރުތަކުގެ ތެރޭގައި ފޭކް ފޮލޮވަރުންވެސް ހުރެދާނެ އެވެ. އެހެން ކަމަށްވާނަމަ ފޭކް ފޮލޮވާ އެއް ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟

ތިމާ ފޮލޯކުރާ މީހުން އިތުރުކުރުމަށްޓަކައި މީހުން ފޭކް ފޮލޮވާސް ގަނެ އުޅެ އެވެ. ފޭކް ފޮލޮވާއެއް ނުގަތްނަމަވެސް ކޮންމެ މީހެއްގެ އެކައުންޓުގައިވެސް ބޮޓް ފޮލޮވާއެއް އިނުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރަށް ބޮޓްތަކަކީ އޭގެ ސަބަބުން ގެއްލުން ލިބޭ އެއްޗެއް ނޫނެވެ.

ފޭކް އެކައުންޓުތައް ދެނެގަންނާނެ އެކިކަހަލަ ގޮތްތައް ހުންނާނެ އެވެ. މިސާލަކަށް ނުދަންނަ މީހަކު ކުއްލިއަކަށް ތިމާގެ އެކައުންޓުގައި ހުރި ގިނަ ޕޯސްޓްތަކަކަށް ލައިކް ދިނުމަށްފަހު ފާޑުފާޑު ކޮމެންޓްތައް ޕޯސްޓްކުރާނަމަ އެ އެކައުންޓަކީ ފޭކް އެކައުންޓަކަށް ވުން އެކަށީގެންވެ އެވެ. މިފަދަ އެކައުންޓްތަކުން ކުރާ ކޮމެންޓްތަކުގެ ތެރޭގައި، "ގްރޭޓް ޕޯސްޓް" އާއި "ނައިސް ޝޮޓް" ފަދަ ކޮމެންޓްތައް ހިމެނެ އެވެ.

ފޭކް ފޮލޮވާއެއްގެ ސަބަބުން އެއްވެސް ފައިދާއެއް ނުކުރާނެ --- ފޮޓޯ : ދަ ވާޖް


އިންސްޓަގްރާމް އެކައުންޓްގައި އެއްވެސް ޕޯސްޓެއް ނެތި ގިނަ ފޮލޮވާސް ހުރި އެކައުންޓެއް ނަމަ އެ ފޭކް އެކައުންޓަކަށް ވުން އެކަށީގެންވެ އެވެ.

ގިނަ ފޮލޮވާސްތައް ހުންނަ އެކައުންޓަކަށް ބަލާފައި ވަރަށް މަދު އަދަދަކަށް ލައިކް ލިބޭނަމަވެސް އެ އެކައުންޓެއްގައި ފޭކް ފޮލޮވާސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އެފަދަ ފޭކް ފޮލޮވާސްގެ ބޭނުމަކީ ހަމައެކަނި ފޮލޯ ކުރާ މީހުންގެ އަދަދު އިތުރުކުރުމެވެ. ގިނަ ފަހަރަށް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބުނު ނަމަވެސް އެފަދަ އެކައުންޓްތަކުން އުނދަގޫތައް ވެދާނެ އެވެ. އަދި ފޮލޮވާ އިތުރުވި ނަމަވެސް އެފަދަ އެކައުންޓްތަކަކުން ފައިދާއެއް ނުވާނެ އެވެ. އެއީ ފޮލޮވާސް ގިނަވި ނަމަވެސް ތިމާ ކުރާ ޕޯސްޓްތަކަށް އެ އެކައުންޓުތަކަކުން ދުވަހަކުވެސް ލައިކެއް ނުލިބޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު