ރައީސް ސޯލިހާއި ރައީސް މައުމޫން ބައްދަލުކުރައްވައިފި

ރައީސް މައުމޫން ރައީސް ސޯލިހާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް މައުމޫން

ކުރީގެ ރައީސް އަދި މި ސަރުކާރު ގެނައުމުގެ އެއް ބަައިވެރިޔާ މައުމޫން އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއެކު މިއަދު ބައްދަލުކުރެއްވި ކަމަށާއި އަމިއްލަ ޕާޓީގެ ރެޖިސްޓްރޭޝަން މަސައްކަތް މިހާރު ކުރިއަށްދާއިރު، އެމްއާރުއެމް ރެޖިސްޓްރީވުމަށްފަހުވެސް ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އެރުވި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ހާލަތާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ އެމްއާރުއެމް އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ރެޖިސްޓްރޭޝަން ފޯމު މިހާރު ވަނީ އިލެކްޝަންސް އަށް ހުށަހަޅައިފައެވެ.

މިހާރު މިއޮތް ކޯލިޝަން ސަރުކާރަކީ ރައީސް މައުމޫނުގެވެސް ބައިވެރިވުމާއެކު އުފައްދާފައިވާ ސަރުކާރެކެވެ. ސަރުކާރުގެ އިސްމަގާމުތަކުގައި މައުމޫނުގެ އަރިހު މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް