ދިވެހި ހައްޖު ވެރިއަކު ހާލު ސީރިއަސްވެ ކޯމާއެއްގައި

ހާލު ސީރިއަސްވި ހައްޖުވެރިއާގެ އާއިލާ އަދި ހައްޖު މިޝަންގެ ބައެއް ފަރާތްތައް ---

ހައްޖުގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސަކު މިއަދު ކުއްލިއަކަށް ސްޓެރޯކެއްޖެހި ހާލު ސީރިއަސް ވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ހާލު ސީރިއަސްވެ ކޯމާއެއްގައި މިހާރު އޮތީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ސީމާ މޫސާ، 38 ފ. ދަރަނބޫދޫ ކަމަށެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ މިނާ އަލްވާދީ ހޮސްޕިޓަލުގަ އެވެ.

"ހައްޖު ކޯޕަރޭޝަންގެ ޙައްޖުވެރިއެއްކަމުގައިވާ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ / 38 އަހަރު މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން މިނާގެ “މިނާ އަލްވާދީ” ހޮސްޕިޓަލުގައި މިހާރު އޮތީ ކޯމާއެއްގައި، ލައިފް ސަޕޯޓުގައި." އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ.

ހައްޖުވެރިން މިހާރު ތިބީ މިނާގަ އެވެ. ސީމާއަށް ސްޓްރޯކް ޖެހުނީވެސް މިނާގެ ޓެންޓެއްގައި ހުއްޓައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. ހައްޖުވެރިން މައްކާއަށް ދާނީ މާދަމާ އެވެ.

comment ކޮމެންޓް