މުގާބޭ ސިންގަޕޫރުން ފަރުވާ ހޯއްދަވާތާ ހަތަރު މަސްވެއްޖެ: ޒިމްބާބުވޭގެ ރައީސް

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ -- ފޮޓޯ: ގެޓީ

ހަރާރޭ (އޮގަސްޓު 7): ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ގެންދަވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން ސިންގަޕޫރުގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުން ކަމަށް އެގައުމުގެ ރައީސް އެމާސަން މަނަންގާގުވާ ވިދާޅުވެއްޖެއެވެ.

މުގާބޭއަށް ފަރުވާ ދެމުންދަނީ ކޮން އާލާސްކަންފުޅެއްގެ ސަބަބުން ކަމެއް މަނަންގާގުވާ ވިދާޅުނުވެއެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުންދާ ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވެ އެވެ.

ޒިމްބާބުވޭގައި ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން، އެގައުމުގެ ގިނަ މުއްސަނދިން ސިއްހީ ފަރުވާ ހޯދަނީ ގައުމުން ބޭރުންނެވެ. އަދި މުގާބޭގެ 38 އަހަރުވީ ވެރިކަމުގައި މުޅިންވެސް ފަަރުވާ ހޯއްދެވީ ސިންގަޕޫރުންނެވެ.

ޒިމްބާބުވޭގެ ބޮޑުވަޒީރުކަން ފުރަތަމަ ކުރެއްވުމަށް ފަހު ރައީސްކަން ކުރެއްވި މުގާބޭ 2017 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވީ ގައުމުގެ އަސްކަރިއްޔާއިން ބަޣާވާތެއް ކުރުމުންނެވެ. އަދި މުގާބޭގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައިވީ ނަމަވެސް އެގައުމުގެ އަސްކަރިއްޔާއިން ވަނީ އޭނާއާއި އޭނާގެ އާއިލާގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް