19:00
ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް މާފަންނު ޤީލާވިލާ، ޤީލާ އަލީ އައްޔަން ކުރައްވައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ކުރިން ޕަބްލިކް ހެލްތް ޕްރޮގްރާމްގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި ޤީލާ އަލީ އަކީ ސިއްހީ ދާއިރާގައި 12 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އޭނާ އަކީ ލަންޑަން ޔުނިވާސިޓީން ހެލްތްގެ ދާއިރާއިން މާސްޓާޒް އޮފް ސައިންސް ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމުގައި ކުރިން ހުންނެވި ޑރ. ސީނާ މޫސާ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ އެންމެ ފަސް ފަރާތުން ކަމަށެވެ.