ފަތްޖަހާލެވޭ ފޯނުގެ މައްސަލަ ހައްލުކޮށް، ސެޕްޓެމްބަރުގައި ބާޒާރަށް ނެރެނީ

ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނު --

ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނުގެ ސްކްރީނަށް ދިމާވި މައްސަލަ ހައްލުކޮށް ފޯނު ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ސެމްސަންގުގެ ގެލެކްސީ ފޯލްޑު އާންމުކޮށް ދައްކާލާފައިވަނީ އޭޕްރީލް މަހު އެވެ. ފޯނުގެ އާލީ ރިވިއުއާސްގެ ފީޑުބެކަކަށްވީ ސްކްރީން ފެޅި، ތެޅޭ މައްސަލައެވެ. އެއާއެކު މި ފޯނު ރަސްމީކޮށް ލޯންޗު ކުރުން ފަސްކުރަންޖެހުނެވެ.

ވަކި ސެލެކްޓެޑް މާކެޓުތަކަށް ސެޕްޓެމްބަރު މަހު ނެރޭ މި ފޯނަށް ދިމާވި މައްސަކަ މިހާރު ހައްލު ކުރެވިފައިވާކަމަށް ސެމްސަންގުން ވަނީ ބުނެފައެވެ. އެކުންފުނިން ބުނީ މައްސަލަ ހައްލުކޮށް ފޯނު ބާޒާރަށް ނެރޭނީ އިތުރު އިމްޕްރޫވްމެންޓުތަކާ އެކު ކަމަށެވެ.

ގާތްގަނޑަކަށް ދެހާސް ޑޮލަރުގެ ސެމްސަންގު ގެލެކްސީ ފޯލްޑަށް ދިމާވި މައްސަލަ ބަލައި، އެނަލައިޒް ކޮށް ހައްލު ގެނެސްފައިވަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭނެ ގޮތަށް ކަމަށް ވެސް ސެމްސަންގުން ބުންޏެވެ.

އެގޮތުން ފޯނުގެ ޕްރޮޓެކްޓިވް ލޭޔާ އެކްސްޓެންޑުކޮށްފައިވާކަމަށާއި މީގެ ކުރިން ސްކްރީން ތެޅުނީ ސްކްރީންގައި އިންނަ، ނަގަން ނުޖެހޭ ޕްރޮޓެކްޓިވް ލޭޔާއެއް، އެއީ އާދައިގެ ޕްރޮޓެކްޓިވް ލޭޔަރެއް ކަމަށް ހީކޮށް ނެގުމުން ކަމަށްވެސް ސެމްސަންގުން ވަނީ ބުނެފައެވެ.

ސެމްސަންގުން އެތައް އަހަރެއްވަންދެން މަސައްކަތްކުރި ފޯލްޑަބަލް ފޯނު ބާޒާރަށް ނެރުމުގެ ކުރިން ތެޅުނު މައްސަލައާއެކު ސެމްސަންގަށް ވަނީ ބޮޑު ލަދަކާ ކުރިމަތިވެފައެވެ.

ސެމްސަންގިގެ ވާދަވެރިންވެސް މިހާރު ވަނީ ފޯލްޑަބަލް ފޯނުގެ ވާދަވެރިކަމުގައި ޖެހިފައެވެ. ޒިއޯމީ، ވާވޭ ފަދަ ކުންފުނިތަކުން ސެމްސަންގަށް ވުރެ ކުރިން ފޯލްޑަބަލް ފޯނު ބާޒާރަށް ނެރެފާނެ ކަމުގެ ބިރު ސެމްސަންގަށް އެބައޮތެވެ. ވާވޭ އިންވެސް ބުނެފައިވަނީ ސެޕްޓެމްބަރުގައި އެމީހުންގެ ފޯލްޑަބަލް ފޯނު ބާޒާރަށް ނެރޭނެ ކަމަށެވެ.

comment ކޮމެންޓް