މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ކަސްޓަމްގެ ޒިންމާ ބޮޑު: މާރިޔާ

ކަސްޓަމްސްގެ އަހަރީ ފާހަގަ ކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު -- ފޮޓޯ: ޑިފެންސް

މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ދައުރު ބޮޑުކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސް އަށް 129 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ކޮންމެ ދުވަހަކު ގައުމަށް އެތެރެކުރާ މުދަލާއި ތަކެތީގެ ހިސާބު ކިތާބު ބަލަހައްޓައި، ދައުލަތަށް ނަގަން ޖެހޭ ޑިޔުޓީ ނެގުމުގައި ކަސްޓަމްސް އިން ކުރަނީ ބުރަ މަސައްކަތެއް ކަމަށެވެ.

ހާއްސަކޮށް މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވާއިރު، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ވަރަށް ބޮޑު ޒިންމާއެއް އޮންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަދި އެ ޒިންމާ އަދާކުރުމުގައި، ކަސްޓަމްސްގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއެކުވެސް، އިހުލާސްތެރިކަމާއެކު މަސައްކަތުގައި ދެމިތިބުމަށް މިނިސްޓަރު ވަނީ ކަސްޓަމްސް އޮފިސަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް