އައްޑޫ ފްލައިން ސްކޫލް ބަންދުުކުރަނީ

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންތަކެއް---ފޮޓޯ: އޭއޭއޭ

އޭޝިއަން އެކެޑަމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގަމުންދާ ފްލައިން ސްކޫލު ބަންދުކުރަން ނިންމައިފިއެވެ.

އައްޑޫ އެއާޕޯޓްސް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ފްލައިން ސްކޫލްގެ އެގްރިމެންޓް މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

"އޭގެ ފަހުން އަޅުގަނޑުމެން ދިޔައީ އެ ސްކޫލުގް ބޭފުޅުންނާއެކު ވާހަަކަތައް ދައްކަމުން. އޭގެ ފަހުން އޭޕްރީލް މަހާ ހަމައަށްވެސް ދެކެވުނު ވާހަކަތަކުން ކޮޅެއްގައި ނުޖެހުނު. އަޅުގަނޑުމެން އެދުނީ އެ ސްކޫލުން ލިބޭ އާމްދަނީން ވަކި ބައެއް ލިބޭ ގޮތަށް،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސްކޫލުން ކުރިން ކުލީގެ ގޮތުގައި ދައްކަމުން ދިޔައީ 78،000 ރުފިޔާ ކަމަށާއި އަދި މިއަހަރު މޭ އިން ފެށިގެން 107،000 ރުފިޔާ ދައްކަމުންދާ ކަމަށެވެ.

ފްލައިން ސްކޫލުގައި ރާއްޖެއާ ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ދަނީ ކިޔަވަމުންނެވެ. އަދި އެ ދަރިވަރުންގެ އަތުން އެތަކެއް މިލިއަން ޑޮލަރު އެ ސްކޫލަށް ލިބޭއިރު އައްޑޫ ސިޓީއަށް އެކަށީގެންވާ އެއްޗެއް ނުލިބޭ ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފްލައިން ސްކޫލް ބަންދުކުރަން އެ ސްކޫލް ހިންގާ އެކެޑަމީން މިހާރު ވަނީ ނިންމައިފައެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްސް ހިންގާ ކުންފުނިންވެސް ވަނީ އެއް އަހަރު ދުވަހުގެ ނޯޓިސް ފޮނުވައިފައެވެ.

ފްލައިން ސްކޫލް ބަންދުކުރަން ނިންމިއިރު އެ ސްކޫލުގެ ޕައިލެޓް ލައިސަންސް ޕްރޮގްރާމުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން މަޑުޖެހިފައިވާތީ ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ރާއްޖޭގައި ކިޔެވުމަށް އެކި ފަހަރު މަތިން ލޯނު ދޫކޮށްފައިވާ 96 ފަރާތެއް މިހާރު ވެސް އައްޑޫގައި ކިޔަވަމުން އަންނަ ކަމަށާއި އެކުދިންގެ ކޯސް ނުނިމި ލަސްވާ މައްސަލަ މިނިސްޓްރީގެ ސަމާލުކަން އައިސްފައިވާ ކަމަށެވެ.

comment ކޮމެންޓް