އަގުބޮޑު ހަދިޔާތަކާއެކު ސާބަސް ޔަންމާ ޕްރޮމޯޝަން ފަށައިފި

ސާބަސް ޔަންމާ ޕްރޮމޯޝަން ފެށުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އަގުބޮޑު ހަދިޔާތައް ލިބޭ އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯޝަން ފަށައިފި އެވެ.

މިއީ މި ޕްރޮމޯޝަން ކުރިއަށްގެންދާ ތިންވަނަ އަހަރެވެ. މިއަދު އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮމޯޝަން ލޯންޗުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.

މިއަދުން ފެށިގެން މި އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި 78 ހޯސްޕަވަރުން ފެށިގެން 829 ހޯސްޕަވަރުގެ ޔަންމާ އިންޖީނު ގަތުމުން އެއްލައްކަ ރުފިޔާ އާއި ތިން ލައްކަ ރުފިޔާ އާއި ދެމެދުގެ އަދަދަކަސް ހިލޭ އެކްސަސަރީޒް ލިބޭނެ އެވެ.

އޭގެ ތެރޭގައި ފިޝްފައިންޑަރާއި ޖީޕީއެސް، ކާސްޓްރޯލް ލުބްއޮއިލް އަދި ހުންގާނު ސިސްޓަމް ހިމެނެއެވެ. 78 ހޯސްޕަވަރުގެ އިންޖީނު ގަތުމުން އެއް ލައްކަ ރުފިޔާގެ ސަމާނު ލިބޭނެއެވެ. 829 ހޯސްޕަވަރުގެ އިންޖީނު ގަތުމުން ތިން ލައްކަ ރުފިޔާގެ އެކްސަސަރީޒް ހިލޭ ލިބޭނެއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވީ މަސްވެރިންނާއި އޮޑިވެރިންގެ މެދުގައި ޔަންމާ އަކީ މަގުބޫލު ބްރޭންޑެއް ކަމަށާއި މާކެޓް ޝެއާގެ 80 ޕަސެންޓަކީ ޔަންމާ ކަމަށެވެ.

"މިދިޔަ އަހަރާއި އޭގެ ކުރީ އަހަރާ ބަލާފައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް 10 ޕަސެންޓުގެ ބުކިން ފީއެއް 31 އޮގަސްޓުގެ ކުރިން ދައްކަންޖެހޭނެ. 31 ޑިސެމްބަރުގެ ކުރިން ހުރިހާ ޕޭމެންޓެއް ދައްކަން ޖެހޭނެ. އިންޖީނު ގެންދަވަންވެސް ވާނެ މިއަހަރުގެ ނިޔަލަށް،" އަދުހަމް ވިދާޅުވި އެވެ.

comment ކޮމެންޓް