ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ގެންނަ މައްސަލައާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫން: ރައީސް މައުމޫން

14:30


ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާފައިވާ މައްސަލައާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.


ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން އިއްޔެ ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ވެސް، ގުއަންޓަނާމޯބޭ މައްސަލައިގާ އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށާއި އެ މައްސަލައަކީ ވަރަށް ބޮޑު ސިޔާސީ މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ކުރުމުން ހުންނާނީ ރަނގަޅަށް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.


ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޮމިޓީން އެ މައްސަލަ ދިރާސާކުރި ގޮތުގެ ރިޕޯޓް އެކުލަވާލާ ނިމި މިހާރު އެ ރިޕޯޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ހުށަހަޅާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު