މެލޭޝިޔާގައި ކުއްލިގޮތަކަށް މަރުވި ދިވެހި ދަރިވަރުގެ ހަށިގަނޑު މާލެ ގެނެސްފި

އިބްރާހިމް އަނަސް -- ފޮޓޯ: ފޭސްބުކް

މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް މެލޭޝިޔާގައި މަރުވި ދަރިވަރު، މއ. ދޮންވެލި އިބްރާހިމް އަނަސްގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

އުމުރުން 23 އަހަރުގެ އަނަސް މަރުވުމާ ގުޅޭ ގޮތުން އާއިލާއިން ބުނީ އޭނާ މަރުވީ ފިޓް ޖެހިގެން ކަމަށެވެ. އަދި އަނަސްގެ މަރަކީ ގުދުރަތީ މަރެއް ކަމަށް މެލޭޝިޔާގައި އޭނާގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުން ނިންމައިފައިވާ ކަމަށް ވެސް ބުންޏެވެ.

އަނަސްގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައި ވާއިރު، އޭނަގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. މިއަދު ހަވީރު 4:00 އިން ފެށިގެން އަނަސްގެ ކަށުކަމާކެމީގެ ކަންކަން އާސަހަރާގައި ކުރިއަށް ދާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު