ރަތަފަންދޫ އަންހެން މީހާ މަރުވީ އާދައިގެ މަރަކުން: ޑޮކްޓަރު

ގދ. ރަތަފަންދޫ --- ފޮޓޯ/ ރަތަފަންދޫ ސްޕޯޓްސް ކުލަބް

ގދ. ރަތަފަންދޫގައި ރޭ މަރުވި އަންހެން މީހާ މަރުވީ އާދައިގެ މަރަކުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފިއެވެ.

ރޭ ދަންވަރު 2:44 އެހާކަން ހާއިރު ރަތަފަންދޫ ހެލްތް ސެންޓަރަށް މަރުވެފައި އޮތް އުމުރުން 44 އަހަރުގެ އަންހެނެއްގެ ހަށިގަނޑު ގެންދިޔުމުން، އެކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ވާ ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.

"ސަަން"އަށް އެނގިފައިވާ ގޮތުގައި ގޯހެއް އުޅޭ ކަމަށް ފުލުހުންނަށް ޝައްކު ކުރެވުނީ އަންހެން މީހާގެ މޭމަތީގައި ރަތް ކުލައިގެ ނިޝާނެއް ހުރުމުންނެވެ.

އެކަމަކު، މިހާތަނަށް ބެލި ބެލުމުން އެ އަންހެން މީހާ މަރުވުމުގައި އާދައާ ހިލާފު ކަމެއް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަށިގަނޑު ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ އަންހެން މީހާ މަރުވީ އާދައިގެ މަރަކުން ކަމަށެވެ.

މިހާރު އެ އަންހެން މީހާގެ ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް